ads
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު-- ފޮޓޯ: ސީއެންއެމް
"ބަޖެޓުގައި ފުވައްމުލަކުގެ ތަރައްގީއަށް ގިނަ ކަންކަން ހިމެނޭ"
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތައް ފުއްދުމަށް ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތައް ފުއްދުމަށް ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ހުސެއިން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ރައްޔިތުން އެންމެ ބޮޑަށް އެދުނު ކަންކަމުގެ ތެރެއިން ހާއްސަ އިސްކަމެއް ދެއްވައިގެން ފުވައްމުލަށް ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ޒަމާނުއްސުރެ ފުވައްމަލަކަށް ދިމާވާ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އާއި ހޫނު މޫސުމުގައި ހިރަފުހުގެ އުނދަގޫ ޖެހުން ފަދަ ކަންކަމަށް ހައްލު ގެނައުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށް މެމްބަރު ހުސެއިން ވިދާޅުވި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ވަނީ 60 މިލިއަން ރުފިޔާ ހިމަނާފަ އެވެ.

މެމްބަރު ހުސެއިން ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ފުވައްމުލައް ސިޓީގެ 31 މަގެއް ޒަމާނީ ފެންވަރަށް ހެދިގެންދާނޭ ކަމަށެވެ. އެގޮތުން ފުވައްމުލަކު ބޭރުމަގާއި އަދި އެތެރޭގެ މަގުތަކުގައި ތާރު އަޅާ، ރަނގަޅު ފެންވަރުގެ ފެން ހިންދާ ނިޒާމަކާ އެކު ތަރައްގީވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ފުވައްމުލަކުގައި ޒަމާނީ ފެންވަރެއްގެ ހޮސްޕިޓަލެއް ގާއިމް ކުރުމަކީ ވެސް ރިޔާސީ ވައުދުފުޅަކަށް ވާއިރު، އެކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މެމްބަރު ހުސައިން ފާހަގަކުރެއްވި އެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހޮސްޕިޓަލަށް ބޭނުންވާ ފައިސާ ހިމަނާފައި ނެތް ނަމަވެސް ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ހުސެއިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮމިޓީން ބަޖެޓް ފާސް ކުރާއިރު، ހޮސްޕިޓަލަށް ބޭނުންވާ ފައިސާ ހިމެނުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް