ads
ޕީއެންސީ ބައްދަލުވުން--
"މަސްވެރިންގެ ޖީބުތައް ފުރެނީ ސްލިޕުން"
ޑޮލަރުން ފުރެންވީ މަސްވެރިންގެ ޖީބުތައް ފުރެނީ ސްލިފުން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ފާރާތުން މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ރައީސް ސޯހިލްގެ ވެރިކަމަށް ދެ އަހަރުވެފައިވާ އިރު ބިކަވެ ނިކަމެތި ވެފައިވާ އެއް ބަޔަކީ މަސްވެރިންނާއި މަސްވެރި އާއިލާތައް ކަމަށާއި މިއަދު މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށެވެ.

މީގެ އިތުރުން ނައިފަރު އަދި އިހަވަންދޫގެ މަސްވެރިން ކުރި އިހްތިޖާޖަށް އަލިއަޅުވާލާ ހީނާ ވިދާޅުވީ މީގެ އިތުރުން ވެސް އެތައް މަސްވެރިންތަކެއް ދަނީ ހައްގުތަކަށް އެދި އެކި ގޮތްގޮތަށް އެކި ތަންތަނުގައި އިހްތިޖާޖު ކުރަމުން ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން ވަނީ މަސްވެރިންނާ މެދު ވަރަށް އިހުމާލިވެފައި ކަމަށެވެ. 

މަސްވެރިންނަށް ދޭންޖެހޭ ހައްގުތަކާއި އެބޭފުޅުންނަށް ވީ ވައުދުތަށް ނުފުއްދުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ފެއިލް ވެފަކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އަދި ކަންތައް މިހެން ހުރުމުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް ނުނެގެންޔާ ފިޝަރީޒް މިނިސްޓަރު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ވެސް ހީނާ ވަނީ ގޮވާލައްވާފަ އެވެ. 

ރައީސް ޔާމީންގެ ދައުރުގައި މަސްވެރިކަން ތަރައްގީކޮށް ފުޅާ ކުރުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސް ޕްލާންޓު ގާއިމް ކުރުމާއި ކޫއްޑޫގެ ކެޕޭސިޓީ އިތުރު ކުރުމާއި މަހުގެ އަގު 20 ރުފިޔާއަށް ހަމަ ޖެއްސުމާއި އަދި މަސްވެރިކަން ތަރައްގީކުރުމަށް 100 މިލިޔަން ޑޮލަރުގެ އިންވެސްޓުމެންޓެއް ކޮށްފައިވާ ކަމަށް ހިނާ ވިދާޅުވިއެވެ.

މިއަދު ޕީއެންސީ ގެފާރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ހީނާގެ އިތުރުން ކުރީގެ ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަރީރުވެސް ބައިވެރި ވަޑައިގެންފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް