ads
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)-- ފޮޓޯ: ޖޭއެސްސީ
ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ދެވަނަ މައްސަލައެއް ވެސް ބަލަނީ
ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބަލަން އަނެއްކާ ވެސް ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މައްސަލަ ބެލުމަށް ނިންމާ ތަގުގީގީ ކޮމިޓީއެއް އެކުލަވާލާފައިވަނީ ބުދަ ދުވަހު ބޭއްވި ކޮމިޝަންގެ 101 ވަނަ ޖަލްސާގައި ކަމަށެވެ.

އެގޮތުން މި މައްސަލައަކީ އަހުމަދު ނިޝާރު އައްޔަނުކޮށްފައިވާ ކޯޓަށް ގަވާއިދުން ނުނިކުންނަވާ، އެހެން މެޖިސްޓްރޭޓް ކޯޓަކަށް ނިކުންނަވާކަމަށް ބުނާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

މިދިޔަ އާދިއްތަ ދުވަހުވެސް ޖޭއެސްސީން ވަނީ އަހުމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައިވެއެވެ. އެ ކޮމިޝަންގެ މި ނިންމުމަކީ އެ ކޮމިޝަނުން ބޭއްވި 100 ވަނަ ޖަލްސާގައި ނިންމި ނިންމުމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ދުވަހު އާންމު ކުރި ބަޔާނުގައި، ޖޭއެސްސީން ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވަނީ އަހުމަދު ނިޝާރުއާ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާގޮތަށް ގޮއިދޫ ކޯޓާށް ހުށަހެޅުނު ގަޒިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ އެ ގަޒިއްޔާ ކުރިއަށް ގެންދިއުމާއި، އެ މައްސަލަ ކުރިއަށް ގެންދިޔައިރު ފަނޑިޔާރެއްގެ ސުލޫކަށް އަސަރު ކުރާގޮތަށް އަހުމަދު ނިޝާރު އަމަލު ކުރި ކަމަށް ބުނާ މައްސަލައިގައެވެ. އަދި މި ކޮމިޓީ އެކުލަވާލީ އަހުމަދު ނިޝާރު އަމިއްލަ ވިޔަފާރީއެއްކޮށްގެން އާމްދަނީ ހޯދާއިރު އެކަން މާލީ ބަޔާނުގައިވެސް ހާމަކޮށްފައި ނުވާ ކަމަށް ބެލެވޭތީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް