ads
ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު: -
މިއަދަކީ ރައީސް ސާލިހުގެ އުފަން ދުވަސްތަ؟
މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރައީސް މުހައްމަދު ނަޝީދު އުފަންދުވަހުގެ ތަހުނިޔާ ކިޔުމުން އެކަމާއި މެދު މިވަނީ ސޯސަލް މީޑިއާގައި ބަހުސް އެއް އުފެދިފައެވެ. އެއްބަޔަކު ބުނަނީ މިއަރީ ރައީސް ސާލިހުގެ އުފަން ދުވަސް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މިއީ ރައީސް ނަޝީދަށް އޮޅިވަޑައިގަތީ ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް މީހުން ބުނީ އިހު ޒަމާނުގައި އުފަން ދުވަސް ޖަހައި އުޅެނީ "ބޯޓު ފަހަރަށް" އެރި ދުވަސް ބަލައިގެން ކަމަށެވެ. 

އަނެއް ބަޔަކު ބުނަނީ ރައީސް ސާލިހު އުފަންވީ ރައީސް ނަޝީދު ވިޝް ކުރުމުގެ "ދެ މިނެޓު ކުރިން" ކަމަށެވެ. 

ބައެއް މީހުން ރައީސް ނަޝީދާއި ދެކޮޅަށް ދައްކަމުން ގެންދަނީ ވިކިޕީޑައިގައިވާ ރައީސް ސާލިހުގެ ޕްރޮފައިލެވެ. އޭގައި ބުނާ ގޮތުން ރައީސް ސާލިހު އުފަންވެ ވަޑައިގަތީ 1962 ވަނަ އަހަރުގެ މާރިޗު 1 ވަނަ ދުވަހުއެވެ. 

ކަން މިހެން އޮތްކަމުގައި ވީނަމަވެސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ދެ ބޭފުޅުން ސިޔާސީ ދާއިރާއަށް ނުކުމެވެ ވަޑައިގަތުމުގެ ކުރިން ވެސް ދެ "ބެސްޓު ފްރެންޑުން" ނެވެ. 

މިހެންކަމުން ރައީސް ސާލިހުގެ އުފަން ދުވަސް އެންމެ ރަނގަޅަށް އެނގި ވަޑައިގަންނަވާނެ އެއް ބޭފުޅަކީ ރަޢީސް މުހައްމަދު ނަޝީދެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ފޮނުވަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް