ads
ސިނަމާލެ ބްރިޖު----ފޮޓޯ: ސީއެންއެމް
މިއަދު ހަވީރު މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ!
މިއަދު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މާނާވާނެ ކަމަށް ސިޓީކައުންސިލް އަދި އެޗްޑީސީން ބުނެފިއެވެ.
Advertisement

ސިޓީ ކައުންސިލުން ބުނީ ހަވީރު 4:00 ން 8:00 މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާނެކަމަށެވެ. 

މީގެ އިތުރުން ހުޅުމާލޭގައި ވެސް ހަވީރު 4:00 އިން 8:00 އަށް ވެހިކަލް ދުއްވުން އެޗްޑީސީން ވެސް ވަނީ މަނާކޮށްފައެވެ.

"މިއަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރުފަތުރު ކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވާ އަހަރެއް. މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވި ވާތީ މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވޭ،" - ސިޓީ ކައުންސިލް

އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި ކައުންސިލުން ވަނީ 2021 ވަނަ އަހަރުގެ ޖެނައަރީ މަހުގެ 01 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން 8:00 މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފަ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އެހެންކަމުން އަންނަ އަހަރުގެ ޖަނަވަރީ އެކެއް ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 8:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ޒަރޫރީ ބޭނުމަށް އޮޕަރޭޓް ކުރަންޖެހޭ އުޅަދެއް ފިޔަވައި އެެހެން އެއްވެސް އުޅަނދެއް މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއް ކަމުގައި ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. 

ވެހިކަލްތަކުގެ ތެރެއިން އެވަގުތުތަކުގައި ދުއްވޭނެ އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، އެމްބިއުލެންސް އާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތުގެ އިތުރުން އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަށް އެކަންޏެވެ.

މީގެ ކުރީ އަހަރުތަކުގައިވެސް އާ އަހަރުގެ ފުރަތަމަ ދުވަހަކީ ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ނިންމާ އެ ދުވަހުގެ ބައެއް ގަނޑިތަކުގައި ވެހިކަލް ދުއްވުން މަނާ ކުރެއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް