ސޫދާންގެ ފޮރިން މިނިސްޓަރު އުމަރު ގަމަރަލްދިން އިސްމާއީލްއަށް މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ، ސޫދާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. އަދި ރާއްޖެ އާއި ސޫދާން އާއި ދެމެދުގައި އޮތް އެކުވެރި ގުޅުން ކުރިއަށްއޮތް ދުވަސްތަކުގައިވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ ސޫދާން އަށް މިނިވަންކަން ލިބުނީ 1956 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުގައެވެ.