ads
ވިކީ އާއި ކެޓްރީނާ-
ކެޓްރީނާ އާއި ވިކީ އާ އަހަރު ހޭދަކުރީ އެކުގައި!؟
ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްގެ ގުޅުމަކީ ފަހަކަށް އައިސް ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާ ގުޅުމެކެވެ. އެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބުނި ނަމަވެސް އެކަމަށް ބާރު ލިބޭނެ މާބޮޑު ހެއްކެއް ނެތެވެ. ނަމަވެސް މިފަހަރު މިއޮތީ އެކަން ބަދަލުވެފައި ހެއްޔެވެ؟
Advertisement

ކެޓްރީނާ އާއި ވިކީ ވަނީ އެމީހުންގެ އާއިލާ މީހުންނާއެކު އާ އަހަރު ފާހަގަ ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ވިކީ އާއި ކެޓްރީނާގެ ކޮއްކޮ އިސަބެއްލާ ކައިފް ހިއްސާކުރި މިފޮޓޯތައް ޕޯސްޓް ކުރުމާއެކު ތޫނު ކަޅި ފޭނުންނަށް އެ ދެމީހުން ހިއްސާކުރި ފޮޓޯތައް އެއް ގޮތްކަން ފާހަގަ ކުރެވުނެވެ. އެހާ ހިސާބުން ކެޓްރީނާ އާއި ވިކީ އާ އަހަރު ހޭދަކުރީ އެކީގައި ކަން ހާމަވެގެން ދިޔައެެވެ. އެއާއެކު ގިނަ ބަޔަކު ތިބީ ކެޓްރީނާ އާއި ވިކީ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ކަށަވަރުކޮށްގެންނެވެ.

your imageވިކީ އަދި އިސަބެއްލާ ސޯޝަލް މީޑިއާގައި ހިއްސާކުރި ބައެއް ފޮޓޯ--

މީގެ ކުރިން ލޮކްޑައުން ކޮށްފައިވަނިކޮށް ގަައިޑްލައިންތައް ފުނޑާލާ ކެޓްރީނާއާ ބައްދަލުކުރަން ބޭރަށް ނިކުމެ އުޅުމުގެ ތެރެއިން ފުލުހުން ވިކީ ހިފަހައްޓާފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވުނެވެ.

ނަމަވެސް ވިކީ ބުނީ އެކަހަލަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި، އަދި ލޮކްޑައުން ކުރިފަހުން އޭނާއ ގެއިން ވެސް ނިކުމެފައި ނުވާނެ ކަމަށެވެ. ވިކީ މިވާހަކަތައް ސިފަކޮށްފައި ވަނީ "ބޭސްލެސް ރޫމާސް" ގެ ގޮތުގައެވެ.

އެ ފަހަރު ވިކީ އާއި ކެޓްރީނާގެ ވާހަކަ ދެކެވެން ފެށީ ވިކީ ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯ އަކާއި ގުޅިގެންނެވެ. އެ ފޮޓޯގައި އޭނާ ލާފައިވާ ހުޑީއަކީ އޭގެ ކުޑަދުވަސްކޮޅެއް ކުރިން ކެޓްރިނާ އިންސްޓަގުރާމްގައި ހިއްސާކޮށްފައިވާ ފޮޓޯގައިވެސް ލާފައިވާ ހުޑީކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

އެކަމާއި ގުޅިގެން ވިކީ އޭރު ކުރި ޓުވީޓެއްގައި ބުނީ އޭނާ ބަޔަކަށް އެއްވެސް ކަމަކާއި ގުޅިގެން ކްލެރިފިކޭޝަނެއް ދޭން ޖެހޭނެ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް