އެ ޕާޓީން ބުނީ އަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ އެއްވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ތިންވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު 23 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ޕާޓީން ވަނީ އެ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން، އެކަމާއި ގުޅިގެން ހުށަހަޅަން ޖެހޭ ފޯމާއި ލިޔެކިޔުންތައް މިމަހުގެ ނުވަވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ޕާޓީގެ އޮފީހަށް ހުށަހެޅުމަށް ވެސް އެދިފަ އެވެ.
މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ވެސް ހިމެނޭ، އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.