އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ ސެކިއުރިޓީ ޗެކްޕޮއިންޓްތަކުން އިއްޔެއިން ފެށިގެން އެތެރޭގެ އުދުހުން ތަކުގައި ދަތުރުކުރާ ދިވެހިންގެ ބަލައިގަންނާނީ ހަމައެކަނި މުއްދަތު ހަމަނުވާ އައިޑީކާޑާއި ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ކަމަށެވެ.
ޑޮމެސްޓިކް ފްލައިޓުތަކުން ދަތުރުކުރާއިރު މުއްދަތު ހަމަވެފައި އޮންނަ އައިޑީކާޑާއި ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ބަލައިގަންނަން ނިންމި ނަމަވެސް އެ މުއްދަތު ވަނީ ޑިސެމްބަރު 31 ގެ ނިޔަލަށް ދަންމާލާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިން ވެލާނާ ގެއިން އައިޑީކާޑު ހެއްދުމުގެ ކަންކަން ކުރިއަށް ގެންދިޔައަސް ވަނީ އޮންލައިންކޮށް އެ ހިދުމަތް ފަށާފަ އެވެ. އެކަމަކު ކާޑު ހައްދަން އެތައް ދުވަހެއް ނަގާތީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އެބަހުއްޓެވެ.