ads
ގއ. ވިލިނގިއްޔާއި ގެމަނަފުށި އަދި ގދ. ތިނަދޫގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު--
ތިން ރަށެއްގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި
ގއ. ވިލިނގިއްޔާއި ގެމަނަފުށި އަދި ގދ. ތިނަދޫގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މި ތިން ރަށުގެ ތެރެއިން ގއ. ވިލިނގިލީގައި މި ހިދުމަތް ފައްޓަވައިދެއްވީ "އަޕަ ސައުތު ޕޮލިސް ޑިވިޝަން" ގައި ޑިސެމްބަރު 28 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ. 

އަދި ގއ. ގެމަނަފުށި އަދި ގދ. ތިނަދޫގައި މި ހިދުމަތް ފައްޓަވާ ދެއްވީ ޑިސެމްބަރު 29 ވަނަ ދުވަހު އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެވެ. މި ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި އެވެ. 

އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

މި ހިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމްކުރުމަށް މަސައްކަތް ކުރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް