ads
ފީޖީ ޝަމީމް--
ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދިވެހިންނަށް ވެސް ފޯރުކޮށްދެވޭނެ: ޝަމީމް
ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތަކަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތަށް ހެދިދާނެ ކަމަށާއި، މުޅި ދައުލަތަކީ ވެސް ދުނިޔޭގެ ފެންވަރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ދައުލަތަކަށް ހެދިދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމްގެ ބްލޮގުގައި އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކުރައްވައި ޝާއިރުކުރެއްވި ލިއުމެއްގައި ވިދާޅުވީ ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކަށް ބަދަލު ކުރެވިދާނެ ކަމަށެވެ. 

އަދި ދިވެހީންނަކީ ވެސް ދުނިޔޭގެ ފެންވަރުގެ ބައެއް ކަމަށް ޝަމީމް ގަބޫލުކުރައްވާ ސަބަބުތައް ވަރަށް ތަފްސީލު ގޮތެއްގައި އެ ލިޔުމުގައި ކިޔައިދެއްވާފައި ވެއެވެ.

ދިވެހިންނަށް ވުރެ ވަކި ތޫނުފިލި ބައެއް ދުނިޔޭގައި ނޫޅޭ ކަމަށާއި ދިވެހިންނަކީ ކުޅަދާނަ ބައެއްކަން ސާބިތުކޮށްދެއްވައި ޝަމީމް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ޔުނިވާސިޓީތަކުގައި ކިޔަވައި ތަފާތު އެކި ދާއިރާތަކުން ދިވެހިން އެއްވަނަ ހޯދާފައި އެބަހުރި ކަމަށެވެ. 

އެގޮތުން ޝަމީމް ވަނީ އެފަދަ މަޝްހޫރު ޔުނިވާސިޓީތަކުގެ ބައެއް ކޯސްތަކުން އެއްވަނަ ހާސިލްކޮށްފައިވާ ބައެއް ދިވެހިން މިހާރު ތިއްބެވީ ދައުލަތުގެ އެކި އިދާރާތުގެ އިސް މަގާމުތަކުގައި ކަން ފާހަގަކުރައްވާފަ އެވެ. 

"ފަނޑިޔާރުކަމާއި، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމާއި، ފުލުސް އޮފީހުގެ މަތިފަޑީގަ އާއި، އައިޖީއެމް ހޮސްޕިޓަލުގެ އިސް މަގާމުތަކާއި، މިހެން ގޮސް ދައުލަތުގެ ހުރިހާ ދިމާލެއްގައި ހެންވެސް ތިއްބެވީ މި ދެންނެވި ފަދަ ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކުން ދުނިޔޭގެ ފެންވަރުގެ ފާސްތައް ހޯއްދަވައިގެން ތިއްބެވި ބޭބޭފުޅުންނެވެ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެފަދަ ބޭފުޅުންނާ އެކުގައި ކިޔަވާ ވިދާޅުވި އެހެން ގައުމުތަކުގެ ބޭފުޅުން މިހާރު ތިއްބަވާނީ، އެބޭފުޅުން ނިސްބަތްވާ ގައުމުތަކުގެ މަތީ މަގާމުތަކުގައި ކަމަށާއި، ކުރައްވާނީ ދުނިޔޭގެ ފެންވަރުގެ މަސައްކަތް ކަމަށެވެ. 

އެހެންކަމުން ދުނިޔޭގެ ފެންވަރުގެ ނަތީޖާ ނެރުއްވާފައިވާ ބޭބޭފުޅުން، ދުނިޔޭގެ ފެންވަރުގެ މަސައްކަތެއް ނުކުރާންވީ، ނުވަތަ ނުކުރެވޭންވީ ކީއްވެގެންތޯ ޝަމީމް ސުވާލު އުފެއްދެވި އެވެ. ލިޔުން ނިންމަވާލައްވަމުން ޝަމީމް ވަނީ އެ ސުވާލަށް ޖަވާބު ދެއްވާފަ އެވެ. 

އެގޮތުން ޝަމީމް ވިދާޅުވީ، ދިވެހިންގެ މެދުގައި ތައުލީމު އެބަ އޮތް ކަމަށާއި، ފާސް އެބަ އޮތް ކަމަށާއި، ފެންވަރު އެބަހުރި ކަމަށެވެ. މަދުވާ ތަންކޮޅެއް ކަމަށް ފެންނަނީ އަމިއްލައަށް، ތިމާއަކީ ފެންވަރު ރަނގަޅު މީހެއް ކަމަށް ގަބޫލުކުރުން ކަމަށް ފާހަގަކުރެއްވި އެވެ. 

އެބައި ރަނގަޅުކޮށްފި ނަމަ ދިވެހިންނަކީ ދުނިޔޭގެ ފެންވަރުގެ މީހުން ކަމަށާއި، ފޯރުކޮށްދޭނީ ވެސް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ކަމަށް ޝަމީމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް