ads
ވީޑިއޯ ރިޕޯޓް
ކުރިން "ބާގީން" ދެން "މިތުރުން" ފަހުން "ހަތުރުން"!
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ތާރީހުގައި މުޅިން އައު ސަފްހާއެއް ލިޔެވިގެންދިޔަ ދުވަހެކެވެ. ފުލުހުންނާއި ސިިފައިން އަދި އާންމު ރައްޔިތުންގެ ވެގެން ޖުމްހޫރީ މައިދާނުގައި ކުރި އިހުތިޖާޖު ނުވަތަ ހިނގާދިޔަ ހަމަނުޖެހުންތަކާއިއެކު، އޭރު ރާއްޖޭގައި އުފެދިފައި އޮތް ޖުމްހޫރީ ވެރިކަން ވެއްޓުނު ދުވަހެވެ. ބަގާވަތުންވިޔަސް އަދި އެނޫން ގޮތަކުންވިޔަސް "މިއޮޑިއެއް ނުފެތޭނެ" ކަމަށް ބުނި އޮޑީގެ މާލިމީ ފުންމާލި ދުވަހެވެ.

ފަހަރުގައި ރައީސް މުހައްމަދު ނަޝީދުއަށް މަޖާޒީ އިބާރާތަކުން ނުވަތަ އެނޫން މަގްސަދެއްގައި ވެސް "އިސްތިއުފާ ދެއްވި ރައީސް" މިފަދައިން މުހާތަބުކޮށް ހަދަނީ މި ފާހަގަކުރި ސަބަބާއި ގުޅިގެންކަމަށް ވުން ވަރަށް ގާތެވެ،  އެހެން މި ފާހަގަކުރަނީ އެދުވަހުގެ ސިފައިންނާއި ފުލުހުންގެ ތެރެއިން ގިނަ އަދަދެއްގެ ބައެއް ހިމެނޭގޮތަށް ރައްޔިތުން ކުރަމުންދިޔަ ޑިމާންޑުތަކުގެ ސަބަބުން ރައީސް ނަޝީދު ގޮތް ނިންމެވިއިރު، ނުވަތަ ސިޓީފުޅުގައި ސޮއެކުރައްވައި، ގައުމާއި މުހާތަބުކޮށް އިސްތިއުފާ ދެއްވިއިރު ނުދައްކަވާ އެތައް ވާހަކައެއް، އެދުވަހުގެ ހާދިސާ މަތިކުރައްވައި ފަހުން ދައްކަވާތީއެވެ. 

އެވާހަކަތައް، އެދުވަހުގެ ކަން ހިނގާދިޔަ ގޮތް ބަލައި އެކަންކަން ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުން މީހުން ގެނެސް އެމީހުންގެ އެހީއާއި އެކު، އެކުލަވާލި ކޯނީ ރިޕޯޓުގައިވާ ވާހަކަ ތަކާއި ނުބައްދަލެވެ. އިސްތިއުފާ ދެއްވީކީ ނޫނެވެ. ބަގާވާތަކުން ވެރިކަން ވައްޓާލީއެވެ. ބޮލުގައި ބަޑި ޖައްސައި އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވީއެވެ. ގާނޫނީގޮތުން އުފެދިފައިވާ ވެރިކަމެެއް، ބަގާވާތްކޮށް ގާނޫނާއި ހިލާފަށް ވެރިކަން ބަދަލުކޮށް، ގާނޫނާއި ހިލާފަށް ދެންއައި ވެރިމީހާ ގައުމާއި ހަވާލުވީއެވެ. 

މިއީ އެއްބަޔަކު ގަބޫލުކުރާ ގޮތެވެ. އަނެއްބަޔަކު ގަބޫލުކުރަނީ މިއާއި ދިމާ އިދިކޮޅަށެެވެ. އެހެންނަމަވެސް މިއީ އަދި ދައްކަން މިއުޅޭ ވާހަކައެއް ނޫނެވެ. އެކަމަކު މިވާހަކަ މި ހިމަނާލީ، ދައްކަން މިއުޅޭ ވާހަކައިގެ މަދުގައި، ނުވަތަ ކުންނުގައިވާ ސަބަބާއި އެ ހާދިސާ އާއި ކޮންމެވެސް ވަރަކަށް ގުޅި ލާމެހިފައިވާތީއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް