ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 9 ވަނަ ދިވެހި ފިލްމު އެވޯޑް ޙަފުލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

Advertisement
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 9 ވަނަ ދިވެހި ފިލްމު އެވޯޑް ޙަފުލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރޭ އޮލިމްޕަސް ސިނަމާގައި ބޭއްވި އެ ޙަފުލާއަކީ މިނިސްޓްރީ އޮފް އާރޓްސް،ކަލްޗަރ އެންޑް ހެރިޓޭޖް އުފެދުމަށް ފަހު އެމިނިސްޓްރީގެ ބެލުމުގެ ދަށުން ނެޝަނަލް ސެންޓަރ ފޯ ދި އާރޓްސްއިން ދިވެހި ފިލްމު އެވޯޑް ބޭއްވި ފުރަތަމަ ފަހަރެވެ.
އެ ޙަފްލާގައި، ފިލްމީ ދާއިރާއިން ލައިފް ޓައިމް އެވޯޑް ޙާޞިލުކުރެއްވި މުޙައްމަދު ރަޝީދަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި ފަހަރުގެ ދިވެހި ފިލްމު އެވޯޑަށް 2017 އަދި 2018 ވަނަ އަހަރު ނެރެފައިވާ ފިލްމުތައްވެސް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ކުރުފިލްމަކާއި 12 ފީޗާ ފިލްމު ހިމެނެއެވެ.