ކަސްޓަމްސް އިން އިއްޔެ ބުނީ، އޭވިއޭޝަން ސެކިއުރިޓީ އާއި ކަސްޓްމަސް ގުޅިގެން 21 ފޮށީގެ މިޔަރު އުރަހަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށެވެ.
އަދި އެ ތަކެތީގެ ބަރުދަނުގައި 429 ކިލޯ ހުރި ކަމަށް ބުނެފައި ވެއެވެ.
ލޮނު މަހުގެ ތެރޭގައި ފޮރުވައިގެން އެ ތަކެތި ބޭރުކުރަން އުޅުނުއިރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް މިޔަރު ހިފައި އެ ތަކެތީގެ ވިޔަފާރިކޮށް އުޅޭއިރު މިއީ ބާޒާރުގައި އަގު ބޮޑުކޮށް ވިއްކާލެވޭ ބާވަތެކެވެ. މިޔަރަކީ ރާއްޖޭގެ ތިމާވެއްޓަށް މުހިންމު މަހެކެވެ.