ads
ނޫސްވެރިންގެ އެއްވުމެއްގެ ތެރެއިން-- ފޮޓޯ: ވޮއިސް
"ވަގުތު" ނޫހުގެ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ބަލަން ގޮވާލައިފި
"ވަގުތު" ނޫހުން ޝާއިއުކޮށްފައިވާ ލިޔުމެއްގެ ސަބަބުން އެ ނޫހުގެ ނޫސްވެރިންނަށް ސޯޝަލް މީޑިއާގައި އިންޒާދޭ ކަމަށް އެ ނޫހުން ބުނުމާއި ގުޅިގެން އެ މައްސަލަ ބަލައި ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެ އެވެ.

އެ ޖަމިއްޔާއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ވަގުތު" ނޫހުގެ ނޫސްވެރިންނަށް އިންޒާރުދެމުން އަންނަނީ "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" ގެ ނަމުގައި އެ ނޫހުން ޝާއިއު ކުރި ލިޔުމަކާއި ގުޅިގެން ކަމަށެވެ.

އަދި މި މައްސަލަ އެ ޖަމިއްޔާގެ ސަމާލުކަމަށް ގެނެސްފައިވަނީ އެ ނޫހުން ކަމަށް އެމްޖޭއޭ އިން ބުނެއެވެ. 

މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ މި މައްސަލަ ކުށްވެރިކޮށް، މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.

އެ ޖަމިއްޔާއިން ބުނެފައި ވަނީ ނޫސްވެރިންނަށް ފުރައްސާރަ ކުރުމާއި، ބިރުދެއްކުން އަދި އިންޒާރު ދިނުމުގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. އަދި މިއީ ނޫސްވެރިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމަށް މުހިއްމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ހަމައެއާއެކު ނޫސްވެރިންނާއި ދެކޮޅަށް ކުރާ ކުށްތަކަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް