ހަބަރު /
ދެކުދިން މަރުވީ ވިހެއުމުގެ ކުރިން: އައިޖީއެމްއެޗް
16 ނޮވެންބަރ 2019 - 16:12:13
އިއްޔެ އައިޖީއެމްއެޗްގައި މަރުވެފައި ވަނީ ދެކުދިން ކަމަށާއި ދެ ކުދިން ވެސް މަރުވެފައި ވަނީ ވިހެއުމުގެ ކުރިން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދީފިއެވެ.

ތުއްތު ކުދިންތަކެއް ނިޔާވެފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ނޫށް ބަޔާނެއްގައި ބުނެފައިވަނީ ހޮސްޕިޓަލުގައި ވިއްސި ކުދިންގެ ތެރެއިން ދެކުއްޖަކު ނިޔާވެފައިވާ ކަމަށެވެ.
އަދި އެ ދެކުދިން ވެސް ނިޔާވެފައިވާ ކަމަށް ބެލެވެނީ ވިހެއުމުގެ ކުރީން ކަމަށް އެ ބަޔާނުގައިވެ އެވެ. އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވަނީ މިފަދަ ޕްރިނޭޓަލް (ވިހެއުމުގެ ކުރިން) މަރުގެ ފުރިހަމަ ތަހުގީގެއް އަބަދުވެސް އެ ހޮސްޕިޓަލުން ކުރިއަށްގެންދާ ކަމަށާއި ވިހެއުމަށް ފަހު ކޮންމެ މަރަކީ ވެސް ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގު ކުރުމުގެ އިތުރުން ހެލްތު މިނިސްޓްރީގެ ކަމާބެހޭ ކޮމިޓީން ވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުން އަންނަ ކަމެއް ކަމަށެވެ.
އައިޖީއެމްއެޗް އިން ބުނީ ކޮންމެ މަރެއްގެ ތަފްސީލު ވެސް އާއިލާއިން ބޭނުން ވެއްޖެ ނަމަ އާއިލާ އާއި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
އަދި ހޮސްޕިޓަލުގައި ފުރާނައެއް ވަކިވާ ކޮންމެ ފަހަރަކީ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ފުން ހިތާމައެއް އިހްސާސް ކުރުވާ ކަމެއް ކަމަށްވެސް ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ. މި މައްސަލަ އެ ހޮސްޕިޓަލުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
އައިޖީއެމްއެޗުގައި އިއްޔެ ވިހަންވެއްދި ކުދިން ތެރެއިން ތިން ކުދިންގެ މަރާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އައިޖީއެމްއެޗުގެ ބަޔާނުގައި ބުނެފައިވަނީ ދެ ކުދިން މަރުވިކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް