ޕާގަލްޕަންތީގެ ސަބަބުން އެކްޓިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބުނު ކަމަށް އުރްވަޝީ ރައުތޭލާ ބުނެފި އެވެ.

Advertisement
"ޕާގަލްޕަންތީ"ގެ ސަބަބުން އެކްޓިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބުނު ކަމަށް އުރްވަޝީ ރައުތޭލާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އުރްވަޝީ ބުނީ "ޕާގަލްޕަންތީ" ބެލުމަށްފަހު ހުރިހާ ކަމެއް ބަދަލުވާނެ ކަމަށެވެ. އެގޮތުން ފިލްމުގައި މަޖާ ސީންތަކުން އޭނާ ފެނިގެންދާނެ ކަމަށާއި ފިލްމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
މިފިލްމުގެ ސަބަބުން އެކްޓިންގެ ހުނަރު ދައްކާލަން ފުރުސަތު ލިބުނު ކަމަށްވެސް އުރްވަޝީ ވަނީ ބުނެފަ އެވެ.
އުރްވަޝީގެ އިތުރުން ފިލްމުގައި ފެނިގެންދާ ބައެއް ފަންނާނުންގެ ތެރޭގައި އަނިލް ކަޕޫރާއި އިލިއާނާ ޑި ކުރޫޒް އާއި އަރްޝަދު ވާސީ އާއި ޕުލްކިތު ސަމްރާޓް އާއި ކްރިތީ ހަރްބަންޑާ އަދި ޖޯން އަބްރަހަމް ހިމެނެ އެވެ.
ފިލްމު ނެރުމަށް ނިންމާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ފިލްމުގެ އުފެއްދުންތެރިން ބުނާ ގޮތުގައި މި ފިލްމަކީ މަޖާ ފިލްމެކެވެ. އަދި ފިލްމު ވަރަށް ތަފާތު ވާނެ ކަމަށްވެސް ފިލްމުގެ އުފެންދުންތެރިން ވަނީ ބުނެފަ އެވެ.
އުރްވަޝީ ވަނީ "ހޭޓް ސްޓޯރީ 4" އާއި "ސަނަމް ރޭ" އާއި "ކާބިލް" އަދި "ގްރޭޓް ގްރޭންޑް މަސްތީ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.