ads
ހަރީމް
ފުލުހުންނަށް ވައްތަރު ޖެއްސީ ޓިކްޓޮކް ތަރި ހަރީމް!
ފިޒާ ހުސެއިން ނުވަތަ ޕާކިސްތާނުގެ މަޝްހޫރު ތަރި، ހަރީމް ޝާހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ އަންނަނީ ޓިކްޓިކް މެދުވެރިކޮށް ސަޕޯޓަރުން މުނިފޫހިފިލުވައި ދެމުންނެވެ.
ޕާކިސްތާނުގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު ހަރީމް ޝާހް ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ތެރެއިން 70 އެއްހާ ވީޑިއޯ ކުޅެފައިވެ އެވެ. މީގެ ތެރޭގައި ބައެއް ދިވެހި ކުދިންނާއެކު ކުޅެފައިވާ ވީޑިއޯ ވެސް ހިމެނެ އެވެ.

ހަރީމްގެ ފޮލޯވަރުންގެ އަދަދު 4.9 މިލިއަނުގައި އުޅޭއިރު އޭނާ ވަނީ ރާއްޖޭގެ ގޮނޑުދޮށުގައި ހުރެ ތަފާތު ވީޑިއޯތައް ކުޅެފަ އެވެ.

އެކަމަކު މި ހުރިހާ ވީޑިއޯއެއްގެ ތެރެެއިން ވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އޭނާ ރާއްޖެ އައި ގޮތަށް ކުޅުނު ޓިކްޓޮކެކެވެ. ފެނިގެންދަނީ ވެލާނާ އެއާޕޯޓުގައި މާސްކް ނާޅާއި އޭނާ އުޅޭ މަންޒަރެވެ. އަދި ފުލުހުންގެ އޮފިސަރަކު އޭނާ ކައިރީ މާސްކް އަޅަން ނަސޭހަތްތެރިވާ މަންޒަރު ފެނިގެންދާއިރު އެ ކަމަށް ސަމާލުކަންދޭ މަންޒަރު ވެސް ނުފެނެ އެވެ. 

އަދި ފަހަތަށް އެނބުރޭ ގޮތަށް ވައްތަރު ޖައްސާލާ މަންޒަރު ވެސް މި ވީޑިއޯ އިން ފެނިގެންދެ އެވެ. ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުން އަންނައިރު އެކަމަށް ފުލުހުން ފިޔަވަޅު އަޅާފައި ނުވާތީ ވެސް ދަނީ ފާޑުކިޔަމުންނެވެ. 
13%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް