ads
ނޫސްވެރިން ކުރިން ބޭއްވި މުޒާހަރާއެއް-- ފޮޓޯ: އަވަސް
ވަގުތު ނޫހުން ބޭނުންވާ ރައްކާތެރިކަން ފުލުހުން ދަނީ ފޯރުކޮށްދެމުން: ޕޮލިސް
ވަގުތު ނޫހަށް އެކި ގޮތްގޮތުން އިންޒާރު ދެމުންދާ މައްސަލާގައި ވަގުތު ނޫހަށް ބޭނުންވާ ރައްކާތެރިކަން ފުލުހުން ދަނީ ފޯރުކޮށްދެމުން ކަމަށާއި އަދި އެމައްސަލަ މިހާރު ބަލަމުން ގެންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ވަގުތު އޮންލައިންއަށް އެކި ގޮތްގޮތުން އިންޒާރު ދެމުންދާ މައްސަލައެއް އެއިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށާއި، މީގެ އިތުރުން މިމައްސަލަ ތަހުގީގު ކުރަމުންދާއިރު ވަގުތު ނޫހަށް ބޭނުންވާ ރައްކާތެރިކަން ފުލުހުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. 

އަދި ފުލުހުން ވަނީ މީޑިއާގެ ފަރާތްތަކަށް ދޭ މިފަދަ އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިފަދަ މައްސަލަތައް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކޮށް ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށް ބުނެފައެވެ. 

ވަގުތު ނޫހުގެ ނޫސްވެރިންނަށް އިންޒާރުދެމުން އަންނަނީ "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" ގެ ނަމުގައި އެ ނޫހުން ޝާއިއު ކުރި ލިޔުމަކާއި ގުޅިގެންނެވެ. 

މިމައްސަލަ ތަހުގީގު ކޮށްދިނުމަށްއެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ފުލުހުނަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް