ads
އެޗްޕީއޭ---
އާންމުދިރިއުޅުމަށް ރައްކާތެރިވުމަށް ކޮމްޕްލަޔަންސް ސްޓޭންޑަޑްތަކެއް ގާއިމް ކުރަނީ
ސިއްހަތު އަދި ސާފުތާހިރުކަމާއި އާއްމު ދިރިއުޅުމުގައި ރައްކާވެރިވުމަށް ކޮމްޕްލަޔަންސް ސްޓޭންޑަޑްތަކެއް ރާއްޖޭގައި ގާއިމުކޮށް ތަންފީޒުކުރަން ހުށަހަޅާފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕިއޭއިން ނެރިފައިވާ ނޫސްބަޔާނެތްގައި ބުނެފައިވަނީ ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕޮލަޔަންސް (އީ.އައި.އެފް.އީ.ސީ) ގެ ފަރާތުން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ސިއްހަތު އަދި ސާފުތާހިރުކަމަށާއި އަދި އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށް ކޮމްޕްލަޔަންސް ސްޓޭންޑަޑްތަކެއް ރާއްޖޭގައި ގާއިމްކޮށް ތަންފީޒުކުރަން ހުށަހަޅާފައިވާކަމަށާއި މި ކޮމްޕްލަޔަންސް ސްޓޭންޑަޑްތަކުގެ މިންގަނޑުތައް ހިފަހައްޓާ ފަރާތްތަކަށް އީ.އައި.އެފް.އީ.ސީގެ ސެޓްފިކެޓްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

"މި ކަހަލަ ސްޓޭންޑަޑްސްތަކެއް ގާއިމްކޮށް ހިފެހއްޓުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި ސާފުތާހިރުކަން ކަށަވަރުކުރުމުގެ ޔަގީންކަން އޮންނާނެ ކަމެއް،" އެޗްޕީއޭ

ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕޮލަޔަންސްއަކީ ތަފާތު ގިނަ ދާއިރާތަކުގެ ކުއްލި ހާލަތާއި ގުޅޭގޮތުން ނުވަތަ ކޮންމެ ބާވަތެއްގެވެސް މުހިއްމުކަންކަމަށް އަމާޒުކޮށްގެން މިންގަނޑުތަކާއި ގައިޑްލައިންތަކާއި އަދި ސެޓްފިކެޓް ދެވޭން ނިޒާމްތައް ތަރައްގީކުރއްވަމުން ގެންދަވާ މުވައްސަސާއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް