ads
ކެޓްރީނާ އާއި ވިކީ-
ސިއްރުން އުޅެނިކޮށް ކެޓްރީނާ ބަސްޓުވެއްޖެ
ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލް ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް އަރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަކު އަނެކަކުގެ ގެއަށް ދިއުމުން ފެށިގެން އެކުގައި ވަގުތު ހޭދަކުރުން އިތުރުވާތީ މި ދައްކާ ވާހަކަތަކަށް ބާރުދެ އެވެ. އެކަމަކު މިއީ މިއަދާ ހަމައަށް ދެ ތަރިން ވެސް އެއްބަސްނުވާ ކަމެކެވެ.
Advertisement

ކޮންމެއަކަސް ތަރިން އެމީހުންގެ ލޯބިވެރިންނާއެކު އާ އަހަރު ފާހަގަކުރިއިރު ވިކީ އާއި ކެޓްރީނާ ތަނަކަށް އެކުގައި ނުދާތީ ފޭނުން ތިބީ މާޔޫސް ކަމެއްގަ އެވެ. އެއީ ކެޓްރީނާ އަދި ވިކީ ވެސް އިންސްޓަގްރާމު ކުރި ފޮޓޯތަކުން ވެސް އެކަކު އަނެކަކުގެ ހިލަމެއް ވެސް ނުވާތީ އެވެ.

އެކަމަކު މިފަހަރު މިއޮތީ މިގޮތަށް ފޮޓޯ ހިއްސާކުރިޔަސް ދެ ތަރިން އެކުގައި އާ އަހަރު ފާހަގަކުރިކަން ވެސް ފަޅާ އަރާފަ އެވެ. ކެޓްރީނާ އިންސްޓަގްރާމު މެދުވެރިކޮށް އޭނާގެ ކޮއްކޮ އިޒަބެލްއާއެކު ނަގާފައިވާ ފޮޓޯއެއްް ހިއްސާކުރިތާ މާގިނަ އިރެއް ނުވެ އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ. 

your imageކެޓްރީނާ ޑިލީޓްކުރި ފޮޓޯ

އެކަމަކު އޭރު މީހުންގެ އަތުގައި އޭގެ ސްކްރީންޝޮޓްތަކެއް ހުއްޓެވެ. ފެނިގެންދަނީ އެ މީހުން ނަގާފައިވާ ފޮޓޯގެ ފަހަތު ބިއްލޫރިގަނޑުން ވިކީ އެވެ. އެހެންކަމުން، އެކަން ކެޓްރީނާގެ ލޮލުގައި އަޅައިގަތުމާއެކު އެ ޕޯސްޓް ޑިލީޓްކުރިއިރު މިކަމުން ވެސް އެނގިގެންދަނީ ދެ ތަރިން އާ އަހަރު އެކުގައި ހޭދަކުރި ކަމެކެވެ. އަދި ރަސްމީކޮށް އިއުލާން ކުރަން ބޭނުން ނުވިޔަސް ދެ ތަރިންގެ މެދުގައި ގުޅުމެއް އޮތްކަން އެނގުމުން އެމީހުންގެ ސަޕޯޓަރުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. 

70%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް