ads
ގާޒީ އަލީ ރަޝީދުގެ ހިތުގައި އޮތީ ޒާތީ ހަސަދައެއް: އިދިކޮޅު
އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އެއް ގާޒީ އަލީ ރަޝީދަށް އަމާޒުވެއްޖެ އެވެ.
Advertisement
އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އެއް ގާޒީ އަލީ ރަޝީދަށް އަމާޒުވެއްޖެ އެވެ.

އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަމުން ވިދާޅުވީ، ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާކަމަށާއި، ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީގައި އޮށްވާ ރައީސް ޔާމީންގެ ޝަރީއަތް ބަލާ ބެންޗްގައި ގާޒީ އަލީ ރަޝީދު އިންނެވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

"އަޅުގަނޑުމެން މިއަދު ގޮވާލަން ރައީސް ޔާމީންގެ މައްސަލަބަލާ ބެންޗުގަ އަލީ ރަޝީދު ނުހިމެނުމަށް" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަަޤާމުގައި ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހުންނެވި އިރު، ރައީސް ޔާމީން ކޮންމެހެން ޖަލަށް ލާންޖެހޭ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވި ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ. އަދި، ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ބްރިޖާއި 25 ބުރީގެ އިމާރާތް ފެނި ރުޅި އަންނަކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވި ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.

"ރައީސް ޔާމީނާއި ދޭތެރޭގަ ޒާތީ ހަސަދައެއް އޭނަގެ (ގާޒީ އަލީ ރަޝީދު) ހިތުގައި އުފަންވެފަ މިއޮތީ މާކުރިން ފެށިގެން. އެހެންވެ އަޅުގަނޑުމެން ޖޭއެސްސީއަށް މި ގޮވާލަނީ އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ބައްލަވާފަ މިހާރުން މިހާރަށް އެ ބެންޗުން އޭނަ ވަކިކޮށްދޭށޭ." އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ރައީސް ޔާމީންގެ މައްސަލައާއި ގުޅުވާ ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ޕޯލް އަކީ ފުލުހުން ތަހުގީގު ކުރަންޖެހޭ ކަމެއްކަމަށެވެ.

މީގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއަދުގެ ސަރުކާރުން ޝަރުއީ ނިޒާމަށް ސީދާ ނުފޫޒު ފޯރުވަމުން ދާކަމަށެވެ. އަދި ހާއްސަކޮށް ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފުޒު ފޯރުވާކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;