ކޮންމެ އަހަރެއްގެވެސް ޖޫން ޖުލައި މަހު ށ. ފުނަދޫ އަށް ގުޑުގުޑާ ދޫނިތައް އާއްމުކޮށް އަންނަމުން ދެއެވެ. އެގޮތުނަ މިއަހަރުވެސް ގުޑުގުޑާ ދޫނިތައް ފުނަދޫއަށް ޒިޔާރަތްކޮށް އެ ރަށުގެ ދަށްފަޅު ވަނީ ފަޅުފިލުވައިދީފައިވެއެވެ.
ފުނަދޫގެ މި ހިތްގއިމު މަންޒަރުތައް މިފަހަރުވެސް މުޅި ރާއްޖެއަށް ދައްކާލީ ފޮޓޯގްރާފަރު މުހައްމަދު ތަސްނީމް (ތަންނި) އެވެ. އޭނާގެ ލެންސުން ވަނީ މިދިޔަ އަހަރުވެސް އެރަށް ޒިޔާރަޔްކުރި ގުޑުގުޑާ ދޫނީގެ ދިރިއުޅުން ރައްޖެއަށް ދައްކާލާފައެވެ.
މީގެ ދެ ދުވަސްވަރު ކުރިން ފުނަދޫއަށް ޒިޔާރަތްކުރި ގުޑުގުޑާ ދޫނިތަކުގެ މަންޒަރުތައް ތަންނި މި ފަހަރުވެސް ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ދައްކާލާފައެވެ.
ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ވަނީ ދީފައެވެ.
ހިޖުރަކުރާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދިރުންތަކެވެ.. ހިޖުރަކުރާ ދޫނިތައް ހިފައި އެ ތަކެތި ގެންގުޅުމަކީ އެ ގަވައިދުގެ ދަށުން މަނާކޮށްފައިވާ ކަމެއްކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;