ads
ޔޫވީގެ ކޯޗު މުހައްމަދު އާދަމް--
ލީގު ނަގަން ޓާގެޓް ކުރި ޔޫވީ އަދިވެސް ފުލުގައި
ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރަން ޓާގެޓް ކުރި ޔުނައިޓެޑް ވިކްޓްރީ، ފަހު ވަގުތުގައި ޓީސީއާ އެއްވަރުވެ އަނެއްކާވެސް ޓޭބަލްގެ ފުލަށް ވެއްޓިއްޖެ އެވެ. ހޯމަ ދުވަހުގެ ރޭ ޓީސީ އާއި ޔޫވީ ކުޅުނު މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.
Advertisement

މި އަހަރުގެ ލީގާ ޔުނައިޓެޑް ވިކްޓްރީން ކުރިމަތިލީ އިރު އެ ޓީމުގެ ކޯޗު މުހައްމަދު އާދަމްގެ ޓާގެޓެއް ކަމަށް ކަނޑައަޅާފައިވަނީ ލީގު ޗެމްޕިއަންކަން ހޯދުމެވެ. އެހެންނަމަވެސް ލީގުގެ ހަތަރު މެޗު ކުޅުނު އިރު އަދި އެ ޓީމަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ. ފުރަތަމަ ދެ މެޗުން ބޮޑު ތަފާތަކުން ބަލިވިއިރު ފަހު ދެ މެޗުން އެއްވަރު ވެގެން ދެ ޕޮއިންޓް ލިބުނީއެވެ.

މިދިޔަ ސީޒަން ހަތްވަނައިގައި އޮވެ ނިންމާލި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމް، ސީޒަން ފެށުމުގެ ކުރިން ބުނެފައިވަނީ ޔޫވީން ނުކުންނަނީ ލީގު ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.

"ދެން އެކަމަކު އަޅުގަނޑު ބުނާ ހިތެއް ނެތް ޓޮޕް ތުރީ އެކޭ. އަޅުގަނޑު ބޭނުމީ ހަމަ ލީގު ނަގަން. ދޮގު ނުހަދާ ތެދަށް ބުނަންޏާ ހަމަގައިމުވެސް ވަން ޓޫ އަށް ވުރެ ދަށަށް ދާކަށް އަޅުގަނޑުގެ ހިތެއް ގަބޫލެއް ނޫން. އެ ޓާގެޓަށް ރީޗު ނުވިއްޔާ ނާކާމިޔާބެއް ކަމަށް އަޅުގަނޑު ގަބޫލުކުރާނަން،" އޭނާ ބުންޏެވެ.

ދިވެހި ލީގުގެ މި އަހަރުގެ މުބާރާތުން ޔުނައިޓެޑް ވިކްޓްރީއަށް ފުރުސަތު ދީފައިވަނީ ޔުނައިޓެޑް ވިކްޓަރީއަށް ވުރެ މަތިން އެންމެ ފަހުން ލީގުގައި ވާދަކުރި ފޯކައިދޫ މުބާރާތުން ބާކީ ކުރަން އެފްއޭއެމްގެ އެކްސްކޯއިން ނިންމުމަށް ފަހުއެވެ. މިދިޔަ ލީގަށް ފަހު އެފްއޭއެމުން ނިންމީ އަތޮޅުތަކުން އައިސްފައިވާ ޓީމުތަކަށް ދިވެހި ލީގުން ފުރުސަތު ނުދޭށެވެ. މި ނިންމުމާއި އެކު ޔޫވީއަށްވުރެ ރަނގަޅު ނަތީޖާ ހޯދާފައިވާ ފޯކައިދޫ ލީގުން ބާކީކުރިއެވެ.

ހޯމަ ދުވަހުގެ ރޭގެ މެޗުގައި ޔޫވީން ފަހު ވަގުތު ޓީސީއާ އެއްވަރުވީ ޔޫވީން ލަނޑެއް ޖަހައި ކުރިވެސް ހޯދާފައި ވަނިކޮށެވެ. ދެވަނަ ހާފުގެ ތެރޭގައި ޔޫވީއަށް ގޯލް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަޒިނިއަޒޯފް މަރަޓްއެވެ. ޓީސީން އެއްވަރުކުރީ މެޗުގެ ފަހު ވަގުތުގައި އަޖުފާން މުހައްމަދު ޖެހި ގޯލުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް