ނީލަން ކިޔަން ނިންމާފައިވާ އެއްވެސް ވެހިކަލެއްގެ ތެރޭގައި އަސްކަރީ އެއްވެސް ވެހިކަލެއް ނުހިމެނެއެވެ.
ނީލަން ކިޔަން ނިންމާފައިވަނީ ދެ ސައިކަލު، ޓޮޔޯޓާ ބަހެއް، ކެރޯނު ލޮރީއެއް، ހަތަރު ކާރު، ޖިޕެއް، ފޯކް ލިފްޓަކާއި، ދެ ޕިކަޕާއި، ކުރޫ ބެކް ޕިކަޕެކެވެ.
ސިފައިން ބުނީ ނީލަން ކިޔަން ފަށާނީ މާލޭ އިންޑަސްޓްރިއަލް ޒޯނުން ބުދަ ދުވަހު ހެނދުނު 9:30 ގައި ކަމަށެވެ.
މި ހުރިހާ ތަކެއްޗަކީ ވެސް ބާވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަކެތި ކަމަށް ސިފައިން މިއަދު ބުންޏެވެ.
މި ނީލަމުގެ މައުލޫމާތު ހޯދުމަށް 9505090 އަށް ގުޅުމަށް ސިފައިން އެދެއެވެ.