ads
ފޮޓޯ:އިމާދުއްދީން ސުކޫލްް
އެލްކޭޖީއިން ދަށް ގުރޭޑްތަކަށް ސްކޫލް ނުހުޅުވޭނެ
އެލްކޭޖީއިން ދަށް ގްރޭޑް ތަކުގެ ދަރިވަރުންނަށް ކިޔަވާ ދިނުން ނުފެށޭނެ ކަމަށް އެޑިއުކޭޝަނުން ބުނެފިއެވެ.

އަންނަ ހަފްތާ ޖެނުއަރީ 10 ގައި ސުކޫލުތަކަށް ގޮސް ދަރިވަރުންނަށް ކިޔަވާ ދިނުމުގެ އިންތިޒާމު ފެށިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވާއިރު އެލްކޭޖީ އިން ދަށް ގުރޭޑްތައް ކަމަށްވާ ނާސަރީ، ބޭބީ ނާސަރީ އަދި އިންޕެންޓް ކުލާސްތަކަށް ކިޔަވާ ދިނުން ނުފެށޭނެކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ސްކޫލްތައް ހުޅުވާލާއިރު އެޑިއުކެޝަން މިނިސްޓްރީން ވަނީ ގަވާއިދުތަކެއް އެކުލަވާލާފަ އެވެ. އެގޮތުން ދަރިވަރުންގެ ހާޒިރީ އެމްއީއެމްއައިއެސް މެދުވެރިކޮށް އެޑިއުކޭޝަނަށް ފޮނުވުމާއި ކުލާސްތަކުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފަ އެވެ. 

އަދި ދަރިވަރުންގެ ކިޔެވުން އެކި ސުކޫލްތަކުގައި ގެންދެވޭނީ ތަފާތުކޮށެވެ. އެއީ ތިން ގޮތަކަށެވެ. އެގޮތުން އެއް ސެޝަންއެއްގައި ކިޔަވައިދިނުން ކުރިއަށް ގެންދާ ސުކޫލްތަކުގައި ދަރިވަރުން ސުކޫލަށް ހާޒިރު ވާން ޖެހޭނީ ހަފްތާއެއްގައި ފަސް ދުވަހު ކަމަށާއި ދެ ސެޝަނަށް ކިޔަވައިދޭ ސުކޫލްތަކުގައި ދަރިވަރުން ސުކޫލަށް ހާޒިރު ވާން ޖެހޭނީ ހަފްތާއަކު ފަސް ދުވަހު ކަމާއި އަދި ދެ ސެޝަނަށް ކިޔަވައިދޭ ބައެއް ސުކޫލްތަކުގައި ދަރިވަރުން ހާޒިރުވާނީ ދެ ދުވަހުން އެއް ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ފަދައިން 10 ޖެނުއަރީ 2021 ގައި 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފަ އެވެ. އެއީ އެލްކޭޖީއިން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެޑިއުކޭޝަނުން ސްކޫލްތައް ހުޅުވުމަށް މި ނިންމުން ނިންމިއިރު އަދިވެސް ކޮވިޑްގެ ކޭސްތައް ދަނީ މާލެ ސަރަހައްދުން ފެންނަމުންނެވެ. އެގޮތުން އިއްޔެ މުޅި ރާއްޖެއިން ކޮވިޑް-19 އަށް 33 މީހުން ޕޮޒިޓިވްވެފައި ވާއިރު މާލެ ސަރަހައްދުން 24 މީހަކު ވަނީ ޕޮޒިޓިވްވް ވެފައެވެ.

6%
ކަމުގޮސްފި
76%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް