ads
ގދ.އަތޮޅު މަދަރުސާގެ އޮފީސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން--
ގދ.އަތޮޅު މަދަރުސާގެ އޮފީސް އިމާރާތްކުރުން: ހަތަރު މިލިއަން ރުފިޔާގެ މަޝްރޫއުއެއް!
ގދ.އަތޮޅު މަދަރުސާގެ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ހަތަރު މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

ގދ.އަތޮޅު މަދަރުސާ ހުންނަނީ އެ އަތޮޅު ގައްދޫގައެވެ. އެ އަތޮޅު މަދަރުސާގެ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ޕަބްލިކް ސެކްޓާ އިންވެސްޓް ޕްރޮގްރާމް(ޕީއެސްއައިޕީ)ގެ ދަށުން ހަވާލުކޮށްފައިވަނީ، "އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"' އާއެވެ.

ހަތަރު މިލިއަން ރުފިޔާގެ އެ މަޝްރޫއު އެކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ބާއްވާފައިވާއިރު އެ މަސައްކަތް ނިންމުމަށް ދީފައިވަނީ 240 ދުވަހުގެ މުހުލަތެކެވެ. 

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަފާމީ މޯލްޑިވްސް އިން އެ މަޝްރޫއުއަށް ހުށަހަޅާފައިވަނީ 4،758079.77 (ހަތަރު މިލިއަން ހަތްލައްކަ ފަންސާސް އަށް ހާސް ހަތްދިހަ ނުވަ ރުފިޔާ ހަތްދިހަ ހަތް ލާރި) ކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. 

your imageގދ.އަތޮޅު މަދަރުސާގެ އޮފީސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން--

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އަމީން މުހައްމަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް