ads
އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-
އީޔޫ އާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެއް މިލިއަން ޔޫރޯގެ އެހީއެއް
ކޯވިޑް-19 ގުޅިގެން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ވޯލްޑް ހެލްތް އޯގަނައިޒޭޝަން އާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ރާއްޖެއަށް އެއްމިލިއަން ޔޫރޯގެ އެހީ ދީފި އެވެ.

އީޔޫ އާއި ގުޅިގެން ޑަބްލިއުޗްއޯއިން  ރާއްޖެއަށް ދިން އެއް މިލިއަން ޑޮލަރު ނުވަތަ 19 މިލިއަން ރުފިޔާގެ މި އެހީއަކީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަ ކުރުމަށާއި އެމަޖެންސީގައި ފަރުވާދޭ ވަސީލަތްތައް އިތުރު ކުރުމަށް ދެވުނު އެހީއެކެވެ. 

މި އެހީގެ ދަށުން ރާއްޖެއިން މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ ބޭހާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ރީޖަނަލް ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާ އިކުއިޕްމަންޓާއި، އާރްއާރްޓީގެ މަސައްކަތްތައް ހަލުވި ކުރމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. . 

އީޔޫ އިން ސްރިލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވީ މިއަދު ދެއްވި އެހީއަކީ އީޔޫއާއި ޑަބްލިއުއެޗްއޯ އަދި ރާއްޖޭގެ ސަރުކާރު ގުޅިގެން ކުރާ މިމަސައްކަތުގައި ބަލާނީ ހަމައެކަނި ސިއްހީ ދާއިރާއަށް ނޫންކަމަށާއި އާއްމު ރައްޔިތުންގެ ކަންކަމަށްވެސް ސަމާލުކަން ދޭނެ ކަމަށެވެ. އަދި ސައުތު އޭޝިއާގެ ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރުމަކީ މި ބަލިމަޑުކަމުން އަރައިގަތުމަށް ވަރަށް މުހިންމުކަމެއްކަމަށްވެސް އޭނާވަނީ ފާހަގަކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް