ޓޮޓެންހަމްއާ އެކު މޮރީނިއޯ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގެ އެއް ޖާގަ ހޯދާފައިވާއިރު އޭނާ ވަނީ ކުރިން މެންޗެސްޓަ ޔުނައިޓެޑް އަދި ޗެލްސީއާއެކު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގެ ފައިނަލްގައި މޮރީނިއޯއާ ދެކޮޅަށް ނުކުންނާނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މެންޗެސްޓަ ޔުނައިޓެޑާއި މެންޗެސްޓަ ސިޓީ ވާދަކުރާ މެޗުން މޮޅުވާ ބައެކެވެ. ފައިނަލް މެޗު އޮންނާނީ އޭޕްރީލް މަހުގެ ފަހުކޮޅުގައެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ ދެ ލަނޑު ޖެހީ ދެ ހާފުގައެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ތެރޭގައި މޫސާ ސިސޯކޯ ޖެހި އިރު ފަހު ލަނޑު ޖެހީ ދެވަނަ ހާފުގައި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިންއެވެ.