ads
ދީޕިކާ އާއި ރަންވީރް އުފަން ދުވަހުގެ ޕާޓީގައި-- ފޮޓޯ: ޕިންކްވިލާ
ދީޕިކާގެ އުފަންދުވަހުގެ ސެލްފީ ފެނުނުތަ؟
އިއްޔެއަކީ ދީޕިކާ ޕަޑުކޯންގެ 35 ވަނަ އުފަން ދުވަހެވެ. މި ދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގައި ދީޕިކާގެ އެންމެ ގާތް ސެލެބްރިޓީ ރައްޓެހިން ވަނީ ބައިވެރިވެފަ އެވެ.

އާލިއާ ބަޓް އާއި ރަންބީރް ކަޕޫރު އަދި ސިދާންތް ޗަޓުރްވެދީ އާއި އަނަންޔާ ޕާންޑޭ ފަދަ ތަރިން ދީޕިކާގެ ޕާޓީއިން ފެނިގެން ދިޔަ އެވެ. 

ދެކުނު މުމްބާއީގެ ރެސްޓޯރެންޓެއްގައި އޮތް ޕާޓީއަށް ދިޔަ ހުރިހާ ސެލެބްރިޓީންގެ ފޮޓޯ ވެސް ޕަޕަރާޒީން ހޯދާފައި ވެއެވެ. މީގެ އިތުރުން ދީޕިކާ އާއި އޭނާ ފިރިމީހާ ރަންވީރް ސިންގް ވަނީ ޕަޕަރާޒީންނާއެކު ކޭކެއް ވެސް ފަޅާފަ އެވެ.

މި ޕާޓީގައި ދީޕިކާ އާއްމުކޮށް ގެންގުޅޭ ސްޓައިލުގައި ހުރިއިރު، އެންމެ ފާހަގަކުރެވެނީ އޭނާގެ މޭކަޕެވެ. އެގޮތުން "ސިމްޕަލް ލުކް" އެއްގައި ހުރުމަށް އޭނާ އިހްތިޔާރު ކުރީ ކަޅު މޭކަޕެވެ. 

ކަޅު މޭކަޕާއެކު ކަޅު ކުލައިގެ ޓާޓަލްނެކް ސްވެޓާ އާއި ކަޅު ކުލައިގެ ލެދާ ފަޓުލޫން އަދި ކަޅު ސްޓިލެޓޯ ފައިވާނަށް އަރައިގެން އޭނާ ހުރި މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ. 

ހުސް ކަޅު ކުލަ އިހްތިޔާރު ކުރި ނަމަވެސް ގަހަނާގެ ގޮތުގައި ދީޕިކާ ބޭނުން ކުރީ ރަން ކުލައިގެ ކަރުގައި އަޅާ އެންމެ ފަށެކެވެ.

ޕަޕަރާޒީންގެ ފޮޓޯތައް އާއްމުވެފައި ވާއިރު، ދީޕިކާ ވެސް ވަނީ އުފަންދުވަހުގެ ހާއްސަ ސެލްފީ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.  

your imageދީޕިކާގެ އުފަންދުވަހުގެ ސެލްފީ--

މި ޕާޓީއަށް ދީޕިކާ މޭކަޕްކޮށްދީފައި ވަނީ ސެލެބްރިޓީ މޭކަޕް އާޓިސްޓް ކަލްޔާނީ ނާޔަކް އެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ ދީޕިކާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ. 

ޕާޓީގެ ފޮޓޯއެއް ހިއްސާކުރުމަށް ފަހު ފިރިމީހާ ރަންވީރް ބުނީ ދީޕިކާ އަކީ "ބީވީ ނަންބަރު 1" ކަމަށެވެ. މީގެ އިތުރުން ދީޕިކާ ކުޑައިރުގެ ފޮޓޯއެއް ވެސް ރަންވީރް ހިއްސާކުރި އެވެ. 

ދީޕިކާގެ ޕާޓީގައި ބައިވެރިވި ބައެއް އިތުރު ސެލެބްރިޓީންނަކީ އިޝާން ކައްޓަރު، ކަރަން ޖޯހަރު، އާޔަން މުކެރްޖީ އަދި އާލިއާގެ ދައްތަ ޝަހީން ބަޓް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް