ads
ކުރެއްދޫ---
ކުރެއްދޫއަށް ދައުވާނުކުރެވުނީ ގަވާއިދު ނުފޮނުވިގެން
ޅ. ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ރިސޯޓަށް ދައުވާ ނުކުރެވުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވަން ޖެހޭ ގަވާއިދުތަކެއް ފޮނުވާފައި ނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
Advertisement

ޕީޖީ އޮފީހުން ބުނީ ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކަށް ހާމަނުކުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހްގީގު ކުރުމަށް މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު ފުލުހުންނަށް އަމުރުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލަ ތަހްގީގު ކުރުމަށް ފަހު އެ އޮފީހަށް ހުށަހެޅުމުން އެ މައްސަލާގައި ޖިނާއީ ދައުވާއެއް
ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ، މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެގޮތުން ތަހްގީގު ކުރުމަށް ކޮށްފައިވާ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލަ ހަވާލުކުރެވިފައިވާ ޕްރޮސިކިއުޓަރަށް ގަވާއިދުން މައްސަލައިގައި ކަން ހިނގަމުންދާ ގޮތް ހިއްސާކޮށް، އެ އޮފީހުގެ ލަފާ ފުލުހުން ހޯދާފައިވާ ކަމަށާއި އަދި އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމީ، އެ މައްސަލައިގައި ހާދިސާ ހިނގައިފައިވާ ގޮތް ބެލިއިރު، އެ މައްސަލައިގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ގަވާއިދުން ފޮނުވަން ޖެހޭ ބައެއް މައުލޫމާތު، އެކަމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ފޮނުވިފައިވާކަން ނުވަތަ ނޫންކަމާއި، އެއާ ގުޅުން ހުރި ބައެއް ކަންކަން ސާފުވެފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. 

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސް ފެނުނީ މިދިޔަ މާޗް މަހުގެ ހަތްވަނަ ދުވަހު އެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ. އެ މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ބެލެވެނީ އެ ރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރި، އިޓަލީ ފަތުރުވެރިއެއްގެ ގައިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް