ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން
ވާނުވާ ބަންދުގެ މައްސަލައަށް ފާހަގަކުރެވޭ ބަދަލެއް މި އަހަރު އަންނާނެ: ޕީޖީ
ވާނުވާ ބަންދުގެ މައްސަލައަށް މި އަހަރު ފާހަގަކުރެވޭ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
Advertisement

ވާނުވާ ބަންދު ނުވަތަ ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓްގައި ބުނީ ވޭތުވެދިޔަ ހަމަސް ދުވަހުގެ ހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް، މަހަކު 16 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުތަކުން ކަނޑައަޅަމުން އަންނަ ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދުމުގައި، މައްސަލަ އެ އޮފީހަށް ހުށަހެޅުމުގެ ކުރިން، އެ އޮފީހުގެ ދައުރެއް ނޯންނަކަން ފާހަގަކޮށް ރިޕޯޓްގައި ވަނީ އެ ނިންމުމަކީ މައްސަލަ ތަހްގީގުކުރާ ފުލުހުންގެ އިންވެސްޓިގޭޓަރުގެ ނިންމުމެއް ކަމަށެވެ. 

އެހެން ނަމަވެސް، މައްސަލައިގައި ދައުވާއެއް ކުރުމަށް ފަހު، އެ މައްސަލައިގައި ބަންދާ ބެހޭ ގޮތުން ވާހަކަ ދައްކާ ޝަރީއަތުގެ އަޑުއެހުންތަކުގައި އެ އޮފީހުގެ ވަކީލުން ބައިވެރިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

ރިޕޯޓްގައި ބުނީ ބަންދުގައި ތިބެނީ ކޮންމެހެން ބަންދުގައި ތިބެން ޖެހޭ މީހުންކަން ކަށަވަރު ކުރުމުގެ ގޮތުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ފަހު، މީހުން ބަންދުގައި ބަހައްޓަން ނުވަތަ ދަމަހައްޓަން ނިންމާ ނިންމުން ޕީޖީ އޮފީހުން މުރާޖައާ ކުރާ ކަމަށެވެ.  

ތަފާސްހިސާބު ދައްކާ ގޮތުން މިހާރު ވެސް 327 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަ ތިއްބެވެ. މީގެ ތެރެއިން 29 މީހުންނަކީ ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތިކަމާ ހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ތިބި މީހުންގެ ތެރޭގައި 100 ދުވަސް ވެފައި ތިބި މީހުން ވެސް ތިބިއިރު ރިމާންޑު މަރުކަޒުތަކަށް ބަލާއިރު މާލޭ ޖަލުގައި 149 މީހުން، މާފުށި ޖަލުގައި 134 މީހުން، ހުޅުމާލެ ޖަލުގައި 14 މީހުން އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. 

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދު ރިވިއު ކުރުމަށް ފަހު 39 މީހަކު ޝަރުތާއެކު ދޫކޮށްލަން، އަދި ތިން މީހަކު ޑީޕޯޓު ކޮށްލުމަށް ވެސް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް