ވޭވް މޯލްޑިވްސްއިން އެ ގިވްއަވޭގެ ނަސީބުވެރިންނާއި އިނާމު ހަވާލުކޮށްފައިވަނީ އެ ކުންފުނިން ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ވޭވް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ އެ ގިވްއަވޭގެ އެއްވަނައަށް ދިޔަ ފަރާތަށް އިނާމުގެ ގޮތުގައި ހަތްހާސް ރުފިޔާ އާއި އެކު، ޕީއެސް5 އަކާއި ވޭވް މޯލްޑިވްސްގެ ރޯޔަލް އެޑިޝަންގެ ބޮޑުބެރު ސީރީސްގެ ޕެއާއަކާއި އައިފޯން 12 އެއް ހަވާލުކޮށްފައިވެ އެވެ.
އެ ގިވްއަވޭގެ ދެވަނައަށް ދިޔަ ފަރާތަށް އިނާމުގެ ގޮތުގައި ލަވާސް ޕެކޭޖެއް ހަވާލުކޮށްފައިވާ އިރު، ތިންވަނައަށް ދިޔަ ފަރާތަށް ވަނީ ތިންހާސް ރުފިޔާގެ އިތުރުން ވޭވް މޯލްޑިވްސްގެ ވެލާ ސީރީޒްގެ ޕްރެޒިޑެންޝަލް ބްލޫގެ ފިރިހެން ގަޑިއެއް ހަވާލުކޮށްފަ އެވެ.
ރާއްޖޭގެ ސަގާފަތާއި ދިވެހިވަންތަ ފަރުމާތަކަށް ހާއްސަކޮށް ގަޑިތައް އުފައްދާ ވޭވް މޯލްޑިވްސްއަކީ ގަޑި އުފައްދާ މަޝްހޫރު ކުންފުންޏެކެވެ.