ads
ދަރަނބޫދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރާ އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް: އެމްޓީސީސީ
ފ. ދަރަނބޫދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ދަރަނބޫދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާއި ހަވާލުވެފައިވާ އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގަ އެވެ.

އަދި މުޅި މަޝްރޫއުގެ 36 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އެ މަޝްރޫއުގެ ދަށުން 38،600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 2500 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި 38.2 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ މޭ 27 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް