ސީއެޗްއެސްއީގެ ދަރިވަރުންތަކެއް--
"އޯ ލެވެލް" އަދި "އޭ ލެވެލް" މެއި/ޖޫންގައި ކުރިއަށްދާނެ: މިނިސްޓްރީ
Share
މިއަހަރުގެ މެއި/ޖޫން ގައި ބާއްވަން ތާވަލުކޮށްފައިވާ ކެމްބްރިޖް އިމްތިހާންތައް ރާއްޖޭގައިވެސް ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގައި ކުރިޔަށް ދާނެ ކަމަށެވެ. 

ރާއްޖޭގައި އިމްތިހާން ކުރިއަށްދާނެކަމަށް މިނިސްޓްރީން ބުނިނަމަވެސް، އިނގިރޭސި ވިލާތުގައި ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވުމާއި ގުޅިގެން މިއަހަރުގެ މެއި/ޖޫން ގައި ބާއްވަން ހަމަޖެހިފައި އޮތް ކެމްބްރިޖްގެ އިންމްތިހާންތައް މިހާރު ވަނީ ކެންސަލް ކޮށްފައެވެ. 

ކޮވިޑާއި ގުޅިގެން ރާއްޖޭގައި މިދިޔަ އަހަރު މޭ/ޖޫން ގައި ބާއްވަން ނިންމި އެޑެކްސަލް އިމްތިހާން ބާއްވާފައި ނުވާއިރު، މިދިޔަ އަހަރު އޯ ލެވެލް އިމްތިހާންވެސް ވަނީ މިއަހަރަށް ފަސްކޮށްފައެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އާދިއްތަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލު ތަކެއްގައި ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް