ads
މަސްއޫދުގެ ކާރުގައި ރޯކޮށްލާފައި--
މަސްއޫދުގެ ކާރުގައި ރޯކޮށްލިތާ މަހެއް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީގެ ކާރުގައި ރޯކޮށްލި ހާދިސާއަށް މަހެއް ވެފައިވާއިރު، އަދިވެސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައާ ގުޅިގެން ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. 

އޭގެ އިތުރުން މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް މައުލޫމާތު ދިނެވެ.

މަސްއޫދުގެ ކާރުގައި ރޯކޮށްލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ރޭ ދަންވަރު 3:07 ހާއިރު އެވެ. 

އެ ކާރުގައި ރޯކޮށްލާފައިވަނީ ލ. ފޮނަދޫގެ ޕަބްލިކް ޕާކިން އޭރިއާއެއްގައި ޕާކުކޮށްފައި އޮއްވަ އެވެ. މަސްއޫދު ވިދާޅުވެފައި ވަނީ ކާރު ޕާކުކުރުމަށް ފަހު ގެއަށް އައި ތަނުން ރައްޓެއްސަކު ގުޅައި ކާރުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ހިއްސާކުރި ކަމަށެވެ. އަދި ކާރުގައި ރޯވެފައިވާ އަލިފާން ނިއްވާލިއިރު ކާރުގެ ފަހަތްކޮޅު އެއްކޮށް އަނދާފައިވާ ކަމަށް ވެއެވެ.

ރޯކޮށްލި ކާރަކީ ދެލައްކަ ފަސް ހާހެއްހާ ރުފިޔާގެ ނިސާން ނޯޓް ބްރޭންޑްގެ ކާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް