ads
ފޮޓޯ: ރައީސް އޮފީސް
2040 ގެ ތަސައްވަރާ ގުޅޭ ދެ ފޮތެއް ރައީސްއަށް އަރުއްވައިފި
2040 ގެ ތަސައްތަރާއި ގުޅޭ ގޮތުން ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ހަދިޔާކުރައްވައިފި އެވެ.

"ވިޝަން 2040" އަދި "2040 ވަޓް ވުޑް އިޓް ބީ ލައިކް؟" ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ދެ ފޮތް، ޕްރޮފެސާ އުގެއިލް ފައުންޑޭޝަން އާއި އެޗްޑީސީން ރައީސްއަށް ހަދިޔާކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި އޮތް ހާއްސަ ހަފްލާއެއްގަ އެވެ. 

މި ދެފޮތަކީ ޕްރޮފެސާ ހަސަން އުގައިލްގެ ފައުންޑޭޝަންގެ ކިޑްސް ސާކަލްއިން އެކުލަވައިލި ދެ ފޮތެވެ. އެގޮތުން "ވިޝަން 2040" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޮތަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް، 2040 ވަނަ އަހަރު ދުނިޔެ އޮންނާނެ ކަމަށް ތަސައްވުރު ކުރާ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ފޮތެކެވެ.

"2040 ވަޓް ވުޑް އިޓް ބީ ލައިކް؟" ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް 2040 ވަނަ އަހަރުގެ ތަސައްވުރާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ފޮތެކެވެ. 

އެ ދެފޮތުގައި 2040 ވަނަ އަހަރު ދުނިޔޭގެ ކަންކަން އޮންނާނެ ގޮތާއި، އާ ހޯދުންތަކާއި، އެފަދަ އެތައް ކަމެއް އެ ކުދިންގެ ތަސައްވުރުގައި ހުރި ގޮތް ލިޔުމުންނާއި ކުރެހުމުން ހިމަނާފައިވެއެވެ. އަދި އެ ދެފޮތުގެ ނަން ދިނުމުން ފެށިގެން ގޮސް ބަނޑޭރިގަނޑާއި ފޮތުގެ ހުރިހާ ކޮންޓެންޓެއް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިންނެވެ. އެ ދެ ފޮތް ތައްޔާރުކުރުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 400 އަށް ވުރެ ގިނަ ކުދިން އޮންލައިންކޮށް ބައިވެރިވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް