ads
ޔޫތް އެންޑް ސްޕޯޓްސް، ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހުލޫފް--
ގއ. ވިލިނގިލީގައި ބޮޑު ދަނޑެއް އެޅުމުގެ މަސައްކަތް ކުރިޔަށް އެބަދޭ: މަހުލޫފް
ގއ. ވިލިގިލީގައި ދަނީ ފީފާ ސްޓޭންޑަޑްގެ ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ކުރިޔަށް ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ވިލިނގިލީގެ ފުޓްސަލް ދަނޑުގައި މިދިޔަ ހޯމަ ދުވަހު ރޯ ކޮށްލުމާ ގުޅިގެން މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަލުން ޓާފް ދަނޑު އާކުރުމުގެ މަސައްކަތް ޔޫތް މިނިސްޓްރީން ނުކުރާނެ ކަމަށެވެ. އެއީ ވިލިނގިލީގައި ފީފާ ސްޓޭންޑަޑްގެ ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ކުރިޔަށް ދާތީ ކަމަށެވެ.

އެ ދަނޑުގެ މަސައްކަތް ލަސްވެގެން އުޅެނީ ކޮވިޑްގެ ހާލަތާ ގުޅިގެން ސަބް ބޭސް ރަނގަޅުކުރަން ޖެހުމުން ކަމަށާއި ވިލިނގިލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ބޮޑު ދަނޑު އަޅަން ނިންމާފައި ވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ކައުންސިލަށް ވާނީ އަންގާފައި ކަަމަށާއި އެއީ އެހެން ރަށްރަށަށް ފުރުސަތު ދިނުމަށް ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފައެވެ.

your imageގއ. ވިލިނގިލީގެ ފުޓްސަލް ދަނޑު

ވިލިނގިލީގައި މިހާރު ހަދަމުންދާ ފުޓްބޯޅަ ދަނޑަކީ ފީފާ ސްޓޭންޑަޑްގެ ފުޓްބޯޅަ ދަނޑެއް ކަމަށާއި އެއީ ލ. ގަން އަދި ރ. އަލިފުށީގައި ވެސް ތަރައްގީ ކުރި ވަރުގެ ދަނޑެއް ކަމަށް ޔޫތް މިނިސްޓްރީއިން ބުނެއެވެ.

ވިލިނގިލީގެ ޓާފް ދަނޑު މަރާމާތު ނުކުރާނެ ކަމަށް ޔޫތް މިނިސްޓަރީއިން ބުނުމާ ގުޅިގެން އެ ރަށުގެ ޒުވާނުން ވަނީ ވިލިނގިލީ ކައުންސިލް އިދާރާގެ ކުރިމަތީގައި ނުރުހުން ފާޅުކުރުމުގެ ގޮތުން ފުޓްބޯޅަ ކުޅެފައެވެ.

your imageވިލިނގިލީ ކައުންސިލް ކުރިމަތީގައި ފުޓުބޯޅަ ކުޅެނީ

ޓާފް ދަނޑުގައި ރޯކޮށްލި މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް