ads
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
"ދަރިވަރުން ސްކޫލަށް ފޮނުވާއިރު ހާސް ނުވޭ، ރައްކާތެރިކަން ކަށަވަރުކުރާނަން"
މި ފެށޭ އާދިއްތަ ދުވަހު ސުކޫލުތައް ހުޅުވާއިރު ދަރިވަރުންގެ ސްކޫލަށް ފޮނުވުމަށް ފަސް ނުޖެހުމަށާއި އެކުދިންގެ ރައްކާތެރިކަން ސްކޫލުތަކުގައި ކަށަވަރުކުރާނެ ކަމަށް އެޑިއުޝޭން މިނިސްޓްރީގެ ޕާމިނެންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަހުމަދު އަލީ ވަނީ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވާއިރު ބިރުނުގަތުމަށާއި އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފުރިހަމަ ޒިންމާ ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. 

އަހުމަދު އަލީ ވިދާޅުވީ ސްކޫލުތައް އަންނަ އާދިއްތަ ދުވަހު ހުޅުވަން ހަމަޖައްސާފައިވާއިރު އެތަންތަނުގައި ވާނީ ކޮވިޑުން ރައްކާތެރި ވުމަށް ވަރުގަދަ ފިޔަވަޅުތައް އަޅާފައި ކަމަށާއި ކުދިންގެ ލާނިން އެރޭންޖްމެންޓްސް އާއި ހެލިފެލިވެ އުޅޭ ގޮތްތައް ވެސް ވަނީ ވަކި އިންތިޒާމެއްގެ ދަށުން ފުރިހަމައަށް ގާއިމްކުރެވިފައި ކަމަށެވެ.

އަދި ސްކޫލުތަކުގައި ދަރިވަރުން ތިބޭނީ ގައިދުރުކޮށް މާސްކް އަޅައިގެން ކަމަށާއި ކްލާހުގައި ދަރިވަރުން ގައިގޯޅިިވެ އުޅޭ ކަހަލަ ހަރަކާތްތައް ވާނީ ވިހާވެސް މަދުކޮށް ބޭއްވޭ ގޮތައް ހަމަޖައްސާފައި ކަމަށް ވެސް އަހުމަދު އަލީ ވިދާޅުވި އެވެ.

އޭގެ އިތުރުން ސްކޫލުތަކުގެ ހަރަކާތްތެރިވާ ޓީޗަރުންނަށް ވަނީ ރައްކާތެރިވުމުގެ އިންތިޒާމުތަކާ ބެހޭ ގޮތުން ތަމްރީނު ދެވިފައި ކަމަށާއި އަދި ކުދިން ސްކޫލްތަކުގައި ހޭދަކުރަން އެޑިއުކޭޝަނުން ނިންމައިފައިވާނި 4-5 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

އަތް ދޮންނަން ބޭނުންވާ ދަރިވަރުންނަށް އަތް ދޮވުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވާކަން ފާހަގަކުރެއްވި އެވެ. 

ކްލާހުގައި ދަރިވަރުން އުޅޭއިރު އެއް ކުއްޖަކު ބޭނުން ކުރާ އެއްޗިހި އަނެއް ކުއްޖަކަށް ބޭނުން ނުކުރެވޭ ގޮތަށް ވެސް ވަނީ ގަވާއިދެއް އެކުލަވާލާކަމަށް ވެސް އަހުމަދު އަލީ ވިދާޅުވި އެވެ.

ސްކޫލަތުގައި އެޑިއުކޭޝަނުން ގާއިމްކޮށްފައިވާ އުސޫލުތަކަށް އަމަލުކުރޭތޯ އެ ސްކޫލަކުން ކަށަވަރުކުރަން ޖެހޭނެ ކަމަށާއި އެގޮތުން ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ގެއަށް ފޮނުވާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އޭގެ އިތުރުން އަހުމަދު އަލީ ވިދާޅުވީ ސްކޫލަކުން ކްލަސްޓާއެއް ފެނިއްޖެނަމަ ވަގުތުން އެ ސްކޫލެއް ބަންދު ކުރެވިގެން ދާނެ ކަމަށާއި އަދި ޑިސްއިންފެކްޓް ކުރެވިގެންދާނެ ކަމަށެވެ. އަދި އެޑިއުކޭޝަނުން ތަމްރީނުކޮށްފައިވާ ޓީޗަރުން ދަރިވަރުންގެ ކަންކަން ވަރަށް ކައިރިން ބަލަމުން ގެންދާނެ ކަމަށާއި ސްކޫލްތަކުގައި ކޮވިޑްގެ ހާލަތެއް މެދުވެރިވެއްޖެނަމަ އައިސޮލޭޝަން ރޫމްމެއް ވެސް އެކަމަށް ތައްޔާރުކޮށްފައި ހުންނާނެކަން ފާހަގަކުރެއްވި އެވެ. 

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވާއިރު ކުރިއަށް ގެންދާނީ މިދިޔަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުމެވެ. 

މާލޭ ސަރަހައްދުގެ ސްކޫލުތައް ހިމެނޭ ގޮތަށް ސްކޫލުތައް ހުޅުވަން އެޑިއުކޭޝަނުން ތައްޔާރުވަމުން އަންނައިރު އަދިވެސް ކޮވިޑްގެ ކޭސްތައް މާލޭ ސަރަހައްދުން ދަނީ ފެންނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް