ads
ޕްރީ ސްކޫލު ދަރިވަރުންތަކެއް--
މާސްކު އަޅައިގެން އުޅެން ކުދިންނަށް ފަރިތަކޮށްދިނުން މުހިއްމު
ގިނަ ދުވަސްތަކަކަށް ފަހު އަންނަ ހަފްތާގައި ކުދިން ސްކޫލަށް ދާން ފަށާއިރު، މާސްކު އަޅައިގެން އުޅެން ކުދިންނަށް ފަރިތަކޮށްދިނުން މުހިއްމު ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް ވިދާޅުވީ ސްކޫލުގައި ފަސް ގަޑިއިރު ވާނަމަ، މި ހަފްތާ ބަންދުގައި އެވަރަށް ގޭގައި މާސްކު އަޅައިގެން އުޅުމަށް ފަރިތަ ކޮށްލުމީ މުހިއްމު ކަމެއް ކަމަށެވެ. އަދި މާސްކު ނަގާނެ ގޮތާއި އަޅާނެ ގޮތް ދަރިވަރުންނަށް އެނގެން ވާނެ ކަމަށާއި، އަނގަޔާއި، ނޭފަތާ ލޮލުގައި އަތްނުލާ އުޅުމަށް ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭގެ އިތުރުން 20 ސިކުންތުވަންދެން އަތް ދޮވުމަށާއި ސެނިޓައިޒާ ބޭނުން ކުރުމަށް ކުދިންނަށް ކިޔައިދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އާދިއްތަ ދުވަހު ސްކޫލުތައް އަލުން ހުޅުވާއިރު، މިއީ މިދިޔަ އަހަރުގެ މާޗް މަހު މިޑް-ޓާމް ބްރޭކަށް ސްކޫލުތައް ބަންދު ކުރި ފަހުން ގްރޭޑް ހަތަކުން ދަށުގެ ގްރޭޑުތަކުގެ ކުދިން ސްކޫލަށްދާ ފުރަތަމަ ފަހަރެވެ.

މިއާއެކު މިއީ ނިއު ނޯމަލްގައި ގިނަ ދަރިވަރުންތަކެއް ސްކޫލަށް ދާ ފުރަތަމަ ފަހަރެވެ. ކޮވިޑްގެ ހާލަތު އަދިވެސް މުޅިން ރަނގަޅުނުވާ އިރު، ގައިދުރުކަން ބެހެއްޓުމާއެކު، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ދަރިވަރުންނަށް ކިޔައިދިނުން މުހިއްމެވެ. އަދި މާސްކު އަޅާއިގެން އުޅުމަށް ކުދިންނަށް ފަރިތަކޮށްދިނުމުން، ސްކޫލުގައި އުޅޭ އިރު މާސްކު ނުނަގާ އުޅުމަށް ކުދިންނަށް ފަސޭހަވެގެން ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް