ads
ރާޖްޕާލް ޔާދަވް---
އަހަރަކަށްފަހު ރާޖްޕާލް ފިލްމަކުން!
ކޮމެޑީ ރޯލުތަކުން ފެނިގެންދާ ރާޖްޕާލް ޔާދަވްގެ ފިލްމެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
Advertisement
ކޮމެޑީ ރޯލުތަކުން ފެނިގެންދާ ރާޖްޕާލް ޔާދަވްގެ ފިލްމެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ސާރާ އަލީ ހާން އާއި ވަރުން ދަވަން ލީޑު ރޯލުން ފެނިގެންދާ އެފިލްމުގައި ރާޖްޕަލް ފެނިގެންދާއިރު އޭނާ ފެނިގެންދަނީ ކޮން ރޯލަކުން ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އެހަބަރާއެކު ރަޖްޕާލްގެ ސަޕޯޓަރުން ބުނަނީ ރާޖްޕާލް އެފިލްމުން ފެނިގެންދާތީ ވަރަށް ހާއްސަ ވެގެންދާނެ ކަމަށެވެ.

ރާޖްޕާލް ފިލްމީ ދާއިރާ އާއި ދުރަށް ގޮސްފައިވަނީ މިދިޔަ އަހަރު އޭނާ ރާޖްޕަލް ޖަލަށްލުމާއި ގުޅިގެންނެވެ. ރާޖްޕާލް ޖަލަށް ލާފައިވަނީ އޭނާ ނަގާފައިވާ ލޯނެއް ނުދައްކައިގެންނެވެ.

ފަސް ކުރޯޑުގެ އެލޯނު ނުދެއްކުމުގެ ސަބަބުން އޭނާ ތިން މަސް ދުވަހަށް ޖަލަށް ލިއިރު ރިޕޯޓުތައް ބުނާގޮތުގައި ރާޖްޕާލް އެ ލޯނު ނަގާފައިވަނީ 2010 ވަނަ އަހަރު އޭނާގެ ކުންފުނި ކަމަށްވާ ޝްރީ ނާރަންގް ގޮދާވަރީ އެންޓަޓެއިންމެންޓުން ފިލްމެއް ޕްރޮޑިއުސް ކުރުމަށްޓަކައެވެ.

ދެހާސް ބާރަ ވަނަ އަހަރު ނެރުނު އެފިލްމަށް ކާމިޔާބެއް ލިބިފައި ނުވާއިރު އެކުންފުންޏަށް ވަނީ އެލޯނު ދެއްކޭ ގޮތް ނުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. "އަތާ ޕަތާ ލާޕަތާ" ނަމަކަށް ކިޔާ އެފިލްމަކީ ރާޖްޕާލް ފުރަތަމަ ޑައިރެކްޓު ކުރި ފިލްމުވެސް މެއެވެ.

އުމުރުން 47 ރާޖްޕާލް ކުޅެފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި "ހަންގާމާ"، "ޗުޕް ޗުޕް ކޭ"، "ގަރަމް މަސާލާ"، "ޖުޑްވާ 2" ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ޝާދީ ތެރޭ ބަޖަލެންގީ ހަމް ބަންދު" އިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;