ads
ދެއްވަދޫ--
ކޮންޓެކްޓްވި ހަތް މީހަކު ޕޮޒިޓިވްވެ ދެއްވަދޫއަށް އަރާއި ފޭބުން މަނާކޮށްފި
ގއ. ދެއްވަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ހަތް މީހަކު ބައްޔަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
Advertisement

އެ ރަށު ކައުންސިލްގެ ނައިބް ރައީސް މައުމޫން އިބްރާހީމް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެރަށް މީގެ ކުޑައިރުކޮޅެއް ކުރިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ. 

މައުމޫން ވިދާޅުވި ގޮތުގައި އެރަށުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި ހަ މަހުގެ ކުއްޖެކެވެ. އެ ކުއްޖާގެ މަންމަ ބައްޔަށް ނެގެޓިވް އެވެ. 

އެހެންނަމަވެސް ކޮވިޑް ޓެސްޓްގެ ނަތީޖާ އެންމެ ފުރަތަމަ ލިބުން ގޮތުން ކުއްޖާ ވެސް ނެގެޓިވް ކަމަށާއި އެހެންކަމުން އެމީހުން ކަރަންޓީނުގެ އުސޫލާ ހިލާފު ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ނަތީޖާ ނެގެޓިވްކަމުން އެމީހުން ބޭރަށް ނުކުތް ނަމަވެސް ޖެހިގެން އައި ދުވަހު ކުއްޖާ ޕޮޒިޓިވްކަން އެންގި އެވެ. 

މައުމޫން ވިދާޅުވި ގޮތުގައި އެކަން އެންގިއިރު އާއިލާގެ އެހެން މީހަކު، ކުއްޖާ އުރާފައިވެ އެވެ. އަދި އެކަމާއި ގުޅިގެން އަންހެން މީހާ ދިރިއުޅޭ ގެ ނޫން އެހެން ގެއެއްގައި އައިސޮލޭޓް ކުރެވުން ކަމަށް މައުމޫން ވިދާޅުވި އެވެ. 

މައުމޫން ވިދާޅުވި ގޮތުގައި އަންހެން މީހާ، ދިހަ ދުވަހު އެކަހެރިކޮށްފައި ބެހެއްޓުމަށް ފަހު ޓެސްޓްކުރިއިރު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އެއާއެކު އޭނާ އުޅުން ގޭގެ އިތުރު ބައެއްގެ ގައިން ބަލީގެ އަލާމާތް ފެންނަން ފެށުމުން ވަނީ ކޮވިޑް ޓެސްޓް ހަދާފަ އެވެ. އެގޮތުން ހަތް މީހަކު ޓެސްޓްކުރިއިރު އެ ހަތް މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ. 

މިހެންވެ މާދަމާ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތައް ވެސް ބަންދުވާނެ ކަމަށް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ރަށުގައި ރޯގާ މިދުވަސްވަރު އިތުރެވެ. އެގޮތުން ހުން އައުމާއި ހޮނޑުލެވުމާއި އަދި ކާ އެއްޗެހީގެ ރަހަ ނުލުން ފަދަ ކަންކަން ދިމާވަމުންދާތީ ރެންޑަމް ސާމްޕަލްގެ ކަންކަން ވެސް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
88%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް