އިންސްޓަގްރާމް ހެކްކުރި މައްސަލަ އަމީޝާ ފުލުހަށް ހުށަހަޅާފަވާއިރު ސައިބާ ފުލުހުން މިހާރު ވަނީ އަމީޝާގެ އެކައުންޓް އަނބުރާ ހޯދައިދީފައެވެ.
އަމީޝާ ބުނީ ހެކް ކުރުމުގެ ކުރިން އޭނާގެ އިންސްޓަގްރާމް އެކައުންޓަށް މީހަކު ކުރި މެސެޖެއްގައި އިން ލިންކަށް ފިއްތާ ލެވުނު ކަމަށެވެ. އެ މެސެޖުގައި އޮތީ 24 ގަޑިއިރުތެރޭ އޭނާގެ އިންސްޓަގްރާމް އެކައުންޓް ސަސްޕެންޑް ވާނެ ކަމަށެވެ. އަވަހަށް އެ ލިންކަށް ފިއްތާލުުމުން އޭނާއަށް ފޭކް ސައިޓްއަކަށް ވަދެވުނު ކަމަށާއި އެހާ ހިސާބުން އިންސްޓަގްރާމް އެކައުންޓްގެ އެކްސެސް އޭނާ އަތުން ދިޔަ ކަމަށެވެ.
ފުލުހުން ބުނީ އަމީޝާގެ އެކައުންޓް ހެކް ކުރި ހެކަރު ވަނީ އޭނާގެ އެކައުންޓް ބްލޮކް ކޮށްފަ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އިންސްޓަގްރާމް އާ ވާހަކަ ދައްކައިގެން އެކައުންޓް އަނބުރާ ހޯދައިފަ އެވެ.
ނިމިދިޔަ ހަފްތާގައި ޑައިރެކްޓަރު ފަރާހް ހާންގެ އިންސްޓަގްރާމް އެކައުންޓްވެސް ބަޔަކު ވަނީ ހެކް ކޮށްފައެވެ.