ads
ސޯނޫ ސޫދު-
ސޯނޫ ސޫދުގެ މައްސަލައެއް ފުލުހަށް
ހުއްދަ ނުހޯދާ އަމިއްލަ ގެ ހޮޓަލަކަށް ބަދަލުކުރި ކަމަށް ބުނެ އިންޑިއާގެ މުމްބާއި މުނިސިޕަލް ކޯޕަރޭޝަންގެ (ބީއެންސީ) ފަރާތުން ސޯނޫ ސީދީގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.

ބީއެންސީ އިން ބުނީ ސޯނޫ ވަނީ 6 ފަންގިފިލާގެ އިމާރާތެއް ހުއްދަ ނުހޯދައި ހޮޓަލަކަށް ބަދަލުކޮށްފަ ކަމަށެވެ. އެހެން ނަމަވެސް ސޫދު މީޑިއާ އަށް މައުލޫމާތު ދެމުން ވަނީ މިކަަންތައް ދޮގު ކޮށްފައެެވެ. 

ސޫދު ބުނީ އޭނާގެ މައްޗަށް ކުރަނީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތު ކަމަށެވެ. އެއިމާރާތް ހޮޓަލަކަށް ބަދަލު ކުރީ ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނެގުމަށް ފަހު ކަމަށް ސޫދު ބުނެފައިވެއެވެ. އެ މައްސަލަ މުމްބާއި ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ވެސް ސޫދު ބުނެއެވެ. 

ކޮވިޑާ ގުޅިގެން ސޫދު އަންނަނީ ވަރަށް ގިނަ ދާއިރާތަކުގައި މަަސައްކަތް ކުރާ މީހުންނަށް އެހީވަމުންނެވެ. އެގޮތުން ކެއުމާއި ވަޒީފާ ހޯދައިދިނުމުގައި ވެސް ދަނީ އެހީވަމުންނެވެ. 

އުމުރުން 46 އަހަރުގެ ސޯނޫ ވަނީ ސިމްބާ އާއި ހެޕީ ނިއު އިޔާ އަދި ދަބަންގްގެ އިތުރުން ރަމައްޔާ ވަސްތަވައްޔާ ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް