ފުލުހުން ބުނީ ތިން މީހުންނާއެކު މީދޫއަށް ދަތުރުކުރި ދޯންޏެއް މިއަދު 13:03 ހާއިރު އެއަތޮޅު ފިލާދޫ ކައިރިން ގިރިއަކަށް އަރާއި ދޯނީގެ ބޮޑު ބައެއް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގައި، ފަޅުވެރިން ކަނޑުވެފައިވަނިކޮށް ފުލުހުން ވަނީ އެމީހުން ސަލާމަތްކޮށްފައި ކަމަށާއި އަދި އެ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.
ތަފްސީލު އަންނަނީ