ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބޭ ބާރުގެ ދަށުން އަމިއްލަ ފަރުދުންގެ 37 ވިޔަފާރިއެއް އުވާލާފައިވާއިރު އޭގެ ތެރޭގައި ހިމެނޭ ވިޔަފާރިތަކަކީ 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މިހާތަނަށް 4000 އަށްވުރެ ގިނަ ކުންފުންޏެއް އުވާލާފަ އެވެ.
2014 ވަނަ އަހަރު އަމިއްލަ ފަރުދުންގެ ވިޔަފާރީ ގާނޫނެއް އެކުލަވާލައިފައި ވަނީ އަމިއްލަ އެފަދަ ފަރާތްތައް އެދާއިރާ އަށް ނެރެ އެމީހުންނަށް ކުރިއެރުން ހޯދައިދިނުމުގެ ގޮތުންނެވެ.