ބުރުނިން ސީއެންއެމްއަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެމީހާއަކީ މީގެ ތިން ދުވަސްކުރިން އެރަށް ކަރަންޓީނުވާން އައި އެ އަތޮޅު ވިލުފުށީ މީހެކެވެ. މާލެއިން ބުރުންޏަށް ކަރަންޓީނުވާން ދިޔަ އެމީހާ، މިއަދު މެންދުރެއްހާއިރުއްސުރެ ބޭރުގައި އުޅޭ ކަމަށް މައުލޫމާތު ލިބެ އެވެ.
އެގޮތުން މިވަގުތު ބަނދަރު ސަރަހައްދުގައި އެމީހާ ހުރިއިރު ބުރުނީގައި ގާއިމުކޮށްފައިވާ ފުލުހުންގެ ޑެސްކްގެ ފަރާތުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ އަތޮޅުގެ އެހެން ރަށަކުން ފުލުހުން އެރަށަށް މިވަގުތު ދަތުރުކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މީގެ ކުރިން ވެސް ބައެއް ރަށްރަށުން ކަރަންޓީނުގެ އުސޫލާ ހިލާފަށް މީހުން މަގުމައްޗަށް ނިކުމެ އުޅެފައި އެބަހުއްޓެވެ. އަދި އެފަދަ މައްސަލަތަކާއި ގުޅިގެން އެމީހުން ހައްޔަރުކޮށްފައިވެ އެވެ.