ads
ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ
"މި ސަރުކާރުގެ އަތް ކަނޑަން ނުޖެހޭ އެންމެ ވަގެއްވެސް ނެތް"
މި ސަރުކާރުގެ އަތް ކަނޑަން ނުޖެހޭ އެންމެ ވަގެއްވެސް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުމުންނެވެ.

އެގޮތުން ރައީސް ޔާމީންގެ މުދާ ދައުލަތަށް ނަގަނީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި މުސާރައާއި ނުބައްދަލު ވެގެން ކަމަށް ވާނަމަ، މި ސަރުކާރުގެ އަތް ކަނޑަން ނުޖެހޭ އެންމެ ވަގެއްވެސް ނެތް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

އަދި "ފަލަމަޑި ވަޒީރު" ގެ ހަތަރެސް ފައި ކަނޑާފަ އޭނާގެ މުދާވެސް ނަގަން ޖެހޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ މި ސަރުކާރުގައި ތިއްބެވީ ހުސް ވަގުން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުގެ ފަރާތުން އެދުނީ ފުއްގިރި ކުއްޔަށްދީގެން ރައީސް ޔާމީން، ރިޝްވަތުގެ ގޮތުގައި ނެގި އެއް މިލިއަން ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށެވެ.  

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް