ads
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ފަރުވާއަށްފަހު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެކިގޮތްގޮތުން ޖިހާދު ދެއްވި
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖޭން ބޭރަށް ވަޑައިގެެންނެވުން މަނާކޮށް، ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުުރު މުރާޖައާކޮށްދޭން ކްރިމިނަލް ކޯޓަށް ހުށަހެޅުއްވިއިރު، ބޭސް ފަރުވާއަށްފަހު ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެކި ގޮތްގޮތުން ދެއްވަން ކުރިމިނަލް ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިއްޔެ ވިދާޅުވެއްޖެ އެވެ.
Advertisement

ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ. އެއީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރަކަށް ޖިހާދު ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 ޕަސެންޓުގެ ބަދަލުގައި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލައެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަކަށް އެދިފައިވުމުން އެކަމާއި މެދު ގޮތެއް ނިންމަން މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާފައިވާއިރު އެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ނިންމީ ދުބާއީއަށް ފުރުމުގެ ހުއްދަ އޭނާއަށް ނުދޭށެވެ. 

އެ މައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އިސްތިއުނާފްގައި ގިނަ ނުކުރާތަކެއް ހިމެނި އެވެ. އެގޮތުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖައާކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންނެވިއިރު އެ ކޯޓުން އަންގާ ގޮތަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. 

އެކަމަށް ބާރު ދެއްވަމުން ޖިހާދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ނުކުތާތަކަށް ބަލާއިރު އެނބުރިވަޑައިގަންނަވާނެކަމަށް ޖާމިނުވާނެ ފަރާތެއް ކަނޑައެޅުމާއެެކު ޝަރީއަތުން ކަނޑައަޅާ އަދަދެއްގެ ފައިސާ ކޯޓުގައި ބެހެއްޓުމަށް ފަހު ބޭސް ފަރުވާއަށް ފުރާވަޑައިގަތުމާއި ދަތުރުކުރައްވަން އެދިވަޑައިގަންނަވާ ގައުމަށް، ވަކި މުއްތަކަށްް ދަތުރުކުރެވޭ ފަދަ ވަގުތީ ޓްރެވެލް ޑޮކިއުމެންޓަކާއެކު ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމެވެ. 

މި ނުކުތާތަކާއެކު ޖިހާދުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވި ނަމަވެސް، ކޯޓުން އަމުރު މުރާޖާ ކުރެވެން ނެތް ކަމަށާއި އަދި އަމުރު އިސްތިއުނާފްކުރެވިދާނެ ކަމަށް އެންގި އެވެ. 

އެހެންވެ އިސްތިއުނާފީ ނުކުތާތަކެއްގެ ގޮތުގައި ޖިހާދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ޖިނާއީ އިޖުރާއަތުގެ ގާނޫނާއ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ. އެނުކުތާއަށް ބަލާއިރު އޭގައި ވަނީ ޖިހާދު ފުރާވަޑައިގަންނަވަން ކޯޓުން މަނާކުރީ ތަންފީޒީ އެއްވެސް އިދާރާއަކުން އެކަމަށް އެދިގެން ނޫން ކަމަށާއި އެއީ ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ޓަކައި ހުށަހެޅުއްވި ފޯމަކާއި ގުޅިގެން ނެރުނު އަމުރެއް ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް