އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ މުހައްމަދު ކޮކާން އެވެ.
ފުލުހުން ވަނީ މުހައްމަދު ކޮކާންއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
އަދި އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކޮށްފައިވެ އެވެ.
ހިޔާނާތުގެ މައްސަލައަކާ ގުޅިގެން މި މިހުގެ ހަވަނަ ދުވަހު ވެސް ފުލުހުން ވަނީ މީހަކު ހޯދުމަަށް އިއުލާންކޮށްފަ އެވެ. މީގެ ކުރިން ވެސް ތަފާތު އެކި މައްސަލަތަކާ ގުޅިގެން މީހުން ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިފައިވެ އެވެ.